Follow us on
ރ. މީދޫގައި ހޯމް ކަރަންޓީނުގައި ހުރި އިތުރު މީހަކު ކޯވިޑަށް ފައްސިވެއްޖެ
| އިބްރާހިމް ރަފްހާން

ރ. މީދޫގައި ހޯމް ކަރަންޓީނުގައި ހުރި އިތުރު މީހަކު ކޯވިޑް 19 އަށް ފައްސިވެއްޖެއެވެ.

މީދޫ ސިއްޙީ މަރުކަޒުން މަޢުލޫމާތުދިން ގޮތުގައި، ފައްސިވެފައިވަނީ 26 މާރިޗު 2021 ގައި މާލެއިން މީދޫއަށް ދަތުރުކޮށް 10 ދުވަހުގެ ކަރަންޓީނު ފުރިހަމަކޮށް 5 އޭޕްރިލްގައި ސާމްޕަލް ނަގާފައިވާ މީހެކެވެ. މިއީ ފުރަތަމަ ފައްސިވި ބިދޭސީ މީހާއާއި އެއްގެއެއްގައި ކަރަންޓީނުގައި ހުރި މީހެކެވެ.

މި ދެމީހުންނާއި ޑައިރެކްޓް ކޮންޓެކްޓުވި މީހަކާއި އޭނާއާއެކު އެއްގެއެއްގައި ދިރިއުޅޭ އިތުރު ދެ މީހެއްގެ ގައިން ނެގި ފުރަތަމަ ސާމްޕަލް ވަނީ ނައްސިވެފައެވެ. މި ތިން މީހުންގެ ސާމްޕަލް ނައްސިވިކަމުގައި ވީނަމަވެސް އެ ފަރާތްތައް ވަނީ 14 ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރެވިފައެވެ.

ޚިޔާލު ފާޅުކުރައްވާ