ޚަބަރު ދީން މުޖުތަމަޢު އަޚްލާޤް އަޤީދާ ވާހަކަ
ކައުންސިލް އިންތިހާބުގައި މީދޫއިން ޖުމްލަ 1500 މީހުންނަށް ވޯޓު ދިނުމުގެ ހައްޤު ލިބިގެންވޭ

ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި މީދޫއަށް ނިސްބަތްވާ 1500 މީހަކަށް ވޯޓު ދިނުމުގެ ހައްޤު ލިބިފައިވެއެވެ.

ކައުންސިލް އިންތިހާބުގައި މީދޫ ކައުންސިލްގެ ރައީސްގެ މަޤާމަށް 2 ކެންޑިޑޭޓުންވާދަކުރެއެވެ. އެއީ އެމް.ޑީ.ޕީގެ ޓިކެޓުގައި ޤާސިމް ސަޢީދު އަދި ޕީ.ޕީ.އެމްގެ ޓިކެޓުގައި ހަސަން ޝަރީފްއެވެ. ކައުންސިލް މެމްބަރުކަމަށް ޕީ.ޕީ.އެމްގެ ޓިކެޓުގައި އަލީ ރަޝީދު އަދި މުޙައްމަދު ޝިހާމް ވާދަކުރާއިރު އެމް.ޑީ.ޕީގެ ޓިކެޓުގައި މެމްބަރުކަމަށް ވާދަކުރަނީ އަބްދުﷲ ރަޝީދުއެވެ. މީގެ އިތުރުން މެމްބަރުކަމަށް އަމިއްލަ ގޮތުން މިހާރު ކައުންސިލްގެ ރައީސް ހުސައިން އަފީފްވެސް ވާދަކުރެއެވެ.

އަންހެނުންނަށް ހާއްސަ 2 ގޮނޑިއަށް ޕީ.ޕީ.އެމްގެ ޓިކެޓުގައި ރަޝީދާ އަބްދުﷲ އަދި މަރިޔަމް ސަޢީދާ ވާދަކުރާއިރު އެމް.ޑީ.ޕީގެ ޓިކެޓުގައި ވާދަކުރަނީ ޖަމީލާ ހުސައިން އަދި އީނާސް ރާފިޢުއެވެ.

ރ. މީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުކަމަށް ޖުމްލަ 13 ފަރާތަކުން ވާދަކުރާއިރު މި ހުރިހާ ކެންޑިޑޭޓުންނަކީވެސް އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނެވެ.