ޚަބަރު ދީން މުޖުތަމަޢު އަޚްލާޤް އަޤީދާ ވާހަކަ
ރ. މީދޫގެ ބޮޑު ދެ މިސްކިތުގައި ހިފްޡުކޮށް ތަރާވީޙު ނަމާދުކުރުމަށް ކައުންސިލުން 2 ހާފިޡުން ގެނެސްފި

ކުރިއަށް އޮތް ރަމަޟާން މަހު ރ. މީދޫގެ ދެ މިސްކިތްކަމަށްވާ އައްވާބީން މިސްކިތާއި ޒިންނޫރައިނި މިސްކިތުގައި ހިފްޡުކޮށް ތަރާވީޙު ނަމާދުކުރުމަށް މީދޫ ކައުންސިލުން އިސްނަގައިގެން ރާއްޖޭން ބޭރުން ދެ ހާފިޡުން ގެނެސްފިއެވެ.

މިގޮތުން ގެނެސްފައިވަނީ ޕާކިސްތާނަށް ނިސްބަތްވެލައްވާ ދެ ހާފިޡުންކަމަށްވާ މުޙައްމަދު އަބޫބަކުރު އަދި މުޙައްމަދު ސާޖިދުއެވެ. މި ދެ ހާފިޡުން މިވަގުތު ތިބީ މީދޫއަށް އައުމަށްފަހު 10 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަކުރުމަށް ކަރަންޓީނުގައެވެ

ހާފިޡުން ގެނެސްފައިވަނީ ކައުންސިލާއި އެކި ފަރާތްތަކުގެ ދީލަތި އެހީގައިކަމަށް ކައުންސިލުން މަޢުލޫމާތުދެއެވެ.