ރ. މީދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް 19 އަށް ފައްސިވެއްޖެއެވެ.
މީދޫ ޓައިމްސްއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފައްސިވެފައިވަނީ ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއެކެވެ. އަދި މި ބިދޭސީ މީހާއާއި ގާތުން ދިމާވިކަމަށް ފާހަގަވި 3 މީހަކު މިހާރު ކަރަންޓީނުކޮށްފައިވާކަމަށްވެސް މަޢުލޫމާތުލިބެއެވެ. ފައްސިވި މީހާ ކަރަންޓީނުވެފައިވާ ’މާހިޔާ‘ ގެއަކީ އިތުރު މީހަކު ދިރިނޫޅޭ ގެއެއްކަން ފާހަގަކޮށްލެވެއެވެ.
މިއީ މީދޫއިން މީހަކު ކޯވިޑަށް ފައްސިވި ފުރަތަމަ ފަހަރެވެ.