ޚަބަރު ދީން މުޖުތަމަޢު އަޚްލާޤް އަޤީދާ ވާހަކަ
ރ. މީދޫ ހޮސްޕިޓަލް އެޅުމަށް ބޭނުންވާ ބިން ދެއްކުމަށް ހެލްތު މިނިސްޓްރީން ކައުންސިލުގައި އެދިއްޖެ

ރ. މީދޫ ސިއްޙީ މަރުކަޒުގެ ހިދުމަތްތައް އިތުރަށް އަޕްގްރޭޑުކޮށް ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ބޭނުންވާ އިމާރާތް އެޅުމަށް ބިމެއް ހަމަޖައްސައިދިނުމަށް ހެލްތު މިނިސްޓްރީން މީދޫ ކައުންސިލުގައި އެދިއްޖެއެވެ.

މިކަމާއި ގުޅޭ ގޮތުން މީދޫ ޓައިމްސްއަށް މަޢުލޫމާތުދެއްވަމުން މީދޫ ކައުންސިލްގެ ރައީސް ހުސައިން އަފީފް ވިދާޅުވީ، އާ އިމާރާތް އެޅުމަށް ބޭނުންވާ ބިމުގެ ގޮތުގައި ރަށުގެ ބޮޑު ދެމަގަކަށްވާ ގޮތަށް އޮތް 250 ފޫޓު 250 ފޫޓު ބިމެއް ދެއްކުމަށް އެދި ހެލްތު މިނިސްޓްރީން ކައުންސިލަށް ސިޓީ ފޮނުވާފައިވާކަމަށެވެ.

މި ސަރުކާރުން މީދޫ ސިއްޙީ މަރުކަޒު އިތުރަށް އަޕްގްރޭޑުކޮށް ހޮސްޕިޓަލަކަށް ބަދަލުކުރާނެކަމުގެ ޔަޤީންކަން ދޭކަމަށް މީދޫ ސިއްހީ މަރުކަޒުގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ އަޙްމަދު ނަސީމްވެސް ވަނީ ވިދާޅުވެފައެވެ. މިހާރު 24 ގަޑިއިރު ހިދުމަތްދެމުން ގެންދާ މީދޫ ސިއްޙީ މަރުކަޒަކީ އެއްވަނަ ގްރޭޑުގެ ސިއްޙީ މަރުކަޒެއްކަން ފާހަގަކޮށްލެވެއެވެ.