Follow us on
މިއީ ރަށު ވިސްނުމެއްގައި ރަށުގެ ތަރައްޤީއަށް އެންމެން ގުޅިގެން ނިކުންނަންވީ ވަގުތު – ޤާސިމް
| އިބްރާހިމް ރަފްހާން

މިއީ ރަށުގެ ތަރައްޤީއަށް އެންމެން ގުޅިގެން ނިކުންނަންވީ ވަގުތުކަމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމް.ޑީ.ޕީގެ ޓިކެޓުގައި މީދޫ ކައުންސިލަށް ވާދަކުރާ ކެންޑިޑޭޓު ޤާސިމް ސަޢީދު ބުނެފިއެވެ.

އެމް.ޑީ.ޕީން ތައްޔާރުކޮށްފައިވާ ވަޢުދުނާމާގައި ހާއްސަ ބަހެއްގެ ގޮތުން ޤާސިމް މިހެން ބުނެފައިޥާއިރު އެމް.ޑީ.ޕީގެ ކައުންސިލެއް އިންތިހާބުވެއްޖެނަމަ ރަށުގެ ތަރައްޤީއަށް ކުރާނެ ގިނަ ކަންތައްތަކެއް ވަޢުދުނާމާގައިވަނީ ހިމަނާފައެވެ. އެގޮތުން އެމް.ޑީ.ޕީގެ ސަރުކާރުން މީދޫގައި ޕޮލސް ސާރވިސް، އިންޖީނު އަދި ކައުންސިލް އިދާރާގެ އާ އިމާރާތެއް އަޅާނެކަމަށާއި ބަނދަރުބޮޑުކޮށް ބިން ހިއްކުމުގެ މަޝްރޫޢުވެސް ކުރިއަށް ގެންދާނެކަމަށް ވަޢުދުނާމާގައި ބުނެފައިވެއެވެ.

މި މަހުގެ 10 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމް.ޑީ.ޕީގެ ޓިކެޓުގައި މީދޫ ކައުންސިލްގެ ރައީސްކަމަށް ޤާސިމް ވާދަކުރާއިރު ކައުންސިލް މެމްބަރުކަމަށް އަބްދުﷲ ރަޝީދު އަދި އަންހެނުންނަށް ހާއްސަ ގޮނޑިއަށް ވާދަކުރަނީ ޖަމީލާ ހުސައިން އަދި އީނާސް ރާފިޢުއެވެ.

ޚިޔާލު ފާޅުކުރައްވާ