Follow us on
ދުވާފަރު ރައްޔިތުންނަކީ ދީލަތި ބައެއް، ޙަފީޒާ އަޙުމަދަށް ދުވާފަރުން 70،300 ރުފިޔާ!
| އިބްރާހިމް ރަފްހާން

ހިތުގެ ބޮޑު އޮޕަރޭޝަނެއްކޮށް އިންޑިޔާގައި ފަރުވާ ހޯދަމުން އަންނަ ރ. މީދޫ ސަހަ، ޙަފީޒާ އަޙުމަދަށް އެހީވުމަށް މިއަދު ރ. ދުވާފަރުގައި ކުރިއަށް ގެންދިޔަ ޑޯޓުޑޯ ފަންޑުރައިޒިންގ ހަރަކާތުން 70،300 ރުފިޔާ ލިބިއްޖެއެވެ.

މިއަދު ހެނދުނާއި މެންދުރުފަހު ދުވާފަރުގައި ކުރިއަށް ގެންދިޔަ މި ހަރަކާތަކީ މީދޫއިން ޒުވާނުންގެ ގުރޫޕެއް ދުވާފަރަށް ގޮސް އެރަށުގެ ރައްޔިތުންނާއި ގުޅިގެން ކުރިއަށް ގެންދިޔަ އިވެންޓެކެވެ. މި އިވެންޓުގައި ދުވާފަރު ރައްޔިތުންގެ ފަރަތުން ލިބުނު އެހީތެރިކަމަށް މި ހަރަކާތް ހިންގި ފަރާތުންވަނީ ޝުކުރުއަދާކޮށްފައެވެ.

މީގެ ކުރިންވެސް ލިވަރ ޓްރާންސްޕްލާންޓު ހެދުމަށް ރ. މީދޫ ފުނަމާގެ ހުސައިން ފަޔާޒަށް އެހީވުމަށް ދުވާފަރުގައި ކުރިއަށް ގެންދިޔަ ހަރަކާތުންވެސް 50000 ރުފިޔާ ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ. ދުވާފަރު ރައްޔިތުންނަކީ މިފަދަ ކަންކަމުގައި ދީލަތި ނަމޫނާ ބައެކެވެ.

ޚިޔާލު ފާޅުކުރައްވާ