Follow us on
ކުރީގެ ރައީސް ޔާމީން މިނިވަން ކުރަން މިވަގުތު ކުރެވޭނެ އެންމެ މުހިއްމުކަމަކީ އިންތިހާބު ކާމިޔާބުކުރުން: އާދަމް ޝަރީފް
| އިބްރާހިމް ރަފްހާން

މަނީލޯންޑަރ ކުރިކަމަށް ސާބިތުވެ ޖަލު ހުކުުމެއް ތަންފީޒުކުރަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް މިވަގުތު ކުރެވޭނެ އެންމެ މުހިއްމުކަމަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އިދިކޮޅު ޕީ.ޕީ.އެމް، ޕީ.އެން.ސީ ކޯލިޝަނަށް ކާމިޔާބުކުރުންކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

މެމްބަރު އާދަމް ޝަރީފް މިހެން ވިދާޅުވީ، ކައުންސިލް އިންތިހާބުގައި ވާދަކުރާ ޕީ.ޕީ.އެމް ކެންޑިޑޭޓުން ކެމްޕެއިން ކުރުމަށް މީދޫގައި ބޭއްވި ކަންމަތީ ބައްދަލުވުމެއްގައި ފޯނު ގުޅުއްވާ ޕާޓީގެ ސަޕޯޓަރުންނާއި މުހާތަބުކުރައްވަމުންނެވެ. އާދަމް ޝަރީފް ވިދާޅުވީ، ރައީސް ޔާމީނަށް އޮންނަ ތާޢިދު ބޭރުގެ ޤައުމުތަކަށް ދައްކާލެވޭނީވެސް ކައުންސިލް އިންތިހާބުގައި ލިބޭ ވޯޓުންކަމަށެވެ.

އިތުރަށް ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ، ޢާއިލާއަށް އަވަށަކަށް ބެލުމެއް ނެތި ކައުންސިލް އިންތިހާބުގައި ކުރިމަތިލާފައިވާ ޕީ.ޕީ.އެމް ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އެދިލައްވާކަމަށެވެ.

ކައުންސިލް އިންތިހާބުގައި މީދޫ ކައުންސިލްގެ ރައީސްކަމަށް ޕީ.ޕީ.އެމް ޓިކެޓުގައި ވާދަކުރަނީ ހަސަން ޝަރީފް (ރޮމް) އެވެ. އަންހެނުންގެ ހާއްސަ ގޮނޑިއަށް ރަޝީދާ އަބްދުﷲ އަދި މަރިޔަމް ސަޢީދާ ވާދަކުރާއިރު މެމްބަރުކަމަށް ވާދަކުރަނީ އަލީ ރަޝީދު އަދި މުޙައްމަދު ޝިހާމްއެވެ.

ޚިޔާލު ފާޅުކުރައްވާ