Follow us on
މާރސީން ލޭ ހަދިޔާކުރުމަށް ހާއްސަ ބްލަޑު ކޭމްޕެއް ކުރިއަށް ގެންދަނީ.
| އިބްރާހިމް ރަފްހާން

‘އަހަރެމެންގެ ލޭ – އެ ކުދިންގެ ފުރާނަ’ މި ޝިޢާރުގެ ދަށުން މާރސީން 3 އޭޕްރީލް 2021 ވާ ހޮނިހިރު ދުވަހު މާލޭގައި ބްލަޑު ޑޮނޭޝަން ކޭމްޕެއް ބާއްވަން ނިންމައިފިއެވެ

މި ކޭމްޕާއި ބެހޭގޮތުން މަޢުލޫމާތުދެމުން މާރސީގެ އިސް މެމްބަރަކު ބުނީ، މި ކޭމްޕަކީ ބްލަޑް ބޭންކުން ލޭ ހުސްވަމުންދާތީ ބާއްވާ ކޭމްޕެއްކަމަށެވެ. މި ކޭމްޕް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 10 ން ހަވީރު 6 އަށް ތެލެސީމިޔާ ސެންޓަރުގައެވެ.

މި ކެމްޕެއިންގައި ލޭ ހަދިޔާކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން  7565770 އަށް މެސެޖް ނުވަތަ ވައިބަރ ކުރެއްވުމަށް މާރސީން އެދެއެވެ. މާރސީންވަނީ މީގެ ކުރިންވެސް މިފަދަ އެކި ކެމްޕެއިންތައް ކުރިއަށް ގެންގޮސްފައެވެ.

ޚިޔާލު ފާޅުކުރައްވާ