Follow us on
ޕީ.ޕީ.އެމް 6 ކެންޑިޑޭޓުން އިންތިހާބުވެއްޖެނަމަ ކޮންމެ އަހަރަކުވެސް މީދޫގެ 2 ފަރާތެއް ޢުމްރާއަށް ފޮނުވަނީ!
| އިބްރާހިމް ރަފްހާން

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މީދޫ ކައުންސިލަށް ވާދަކުރާ ޕީ.ޕީ.އެމްގެ 5 ކެންޑިޑޭޓުންގެ އިތުރުން ރ. އަތޮޅު ކައުންސިލަށް ވާދަކުރާ ކެންޑިޑޭޓު އެ މަޤާމަށް އިންތިހާބުވެއްޖެނަމަ ދައުރުގެ ކޮންމެ އަހަރަކުވެސް ރ. މީދޫ2 ފަރާތެއް އުމްރާއަށް ފޮނުވައިދޭނެކަމަށް އެ ކެންޑިޑޭޓުން ބުނެފިއެވެ.

ރޭ ޕީ.ޕީ.އެމުން ބޭއްވިކަންމަތީ ބައްދަލުވުމުގައި ވާހަކަދައްކަމުން ޕީ.ޕީ.އެމްގެ ޓިކެޓުގައި މީދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރާ ހަސަން ޝަރީފް ބުނީ، މި ވަޢުދަކީ ހުރިހާ ކެންޑިޑޭޓުން އެކީ އިންތިހާބުވެއްޖެނަމަ ފުއްދައިދޭނެ ވަޢުދެއްކަމަށާއި މިކަން ކުރާނީ ހުރިހާ ކެންޑިޑޭޓުން ގުޅިގެންކަމަށެވެ.

ޕީ.ޕީ.އެމްގެ ޓިކެޓުގައި މީދޫ ކައުންސިލްގެ ރައީސްކަމަށް ހަސަން ޝަރީފް ވާދަކުރާއިރު ކައުންސިލް މެމްބަރުކަމަށް އަލީ ރަޝީދު އަދި މުޙައްމަދު ޝިހާމް ވާދަކުރާއިރު އަންހެން ގޮނޑިއަށް ވާދަކުރަނީ ރަޝީދާ އަބްދުﷲ އަދި މަރިޔަމް ސަޢީދާއެވެ.

ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ.

ޚިޔާލު ފާޅުކުރައްވާ