ޚަބަރު ދީން މުޖުތަމަޢު އަޚްލާޤް އަޤީދާ ވާހަކަ
އަޅުގަނޑުމެން ހޮވި ގިނަ ކައުންސިލަރުންވަނީ އަޅުގަނޑުމެން ގައިގައި ކޮޅުފައިން ޖަހާފައި: އަޙްމަދު ރަޝީދު

ޕީ.ޕީ.އެމުން މިހާތަނަށް މީދޫ ކައުންސިލަށް ހޮވި ގިނަ ކައުންސިލަރުންވަނީ ޕީ.ޕީ.އެމްގައި ކޮޅުފައިން ޖަހާ ޕާޓީން ދުރަށް ގޮސްފައިކަމަށް ޕީ.ޕީ.އެމް މީދޫ ގޮފީގައި އިސްކޮށް ހަރަކާތްތެރިވާ އަޙްމަދު ރަޝީދު (ކެނެރީ) ބުނެފިއެވެ.

އަޙްމަދު ރަޝީދު މިހެން ބުނީ، މިރޭ ބޭއްވި ޕީ.ޕީ.އެމް ކަންމަތީ ބައްދަލުވުމުގައި ވާހަކަދައްކަމުން މިހާރުގެ ކައުންސިލް ނައިބު ރައީސް ނާޖިހު ޖަމީލްއަށް ތަޢުރީފްކުރަމުންނެވެ. އަޙްމަދު ރަޝީދު ބުނީ، ނާޖިހުއަކީ ޕީ.ޕީ.އެމްގެ ރަންދަރިއެއްކަމަށާއި ނާޖިހު ކައުންސިލުގައި ކުރި މަސައްކަތްތަކަށް ޝުކުރުވެރިވާކަމަށެވެ. މީގެ އިތުރުން ޕާޓީގެ ކަންތަކުގައިވެސް ނާޖިހުގެ ފަރާތުން ލިބޭ އެހީތެރިކަމަށްވެސް އަޙްމަދު ރަޝީދުވަނީ ޝުކުރުއަދާކޮށްފައެވެ.

2017 ވަނަ އަހަރު ބޭއްވި ކައުންސިލްތަކުގެ އިންތިހާބުގައި މީދޫ ކައުންސިލަށް އިންތިހާބުވި ޕީ.ޕީ.އެމްގެ ކެންޑިޑޭޓުންގެ ތެރެއިން ކައުންސިލް މެމްބަރު ރައްޒާން ދައުރުގެ ވަކި ހިސާބަކުން ޕީ.ޕީ.އެމްއާއި ފެޔަށް ޖެހުނު އިރު ކައުންސިލްގެ ރައީސް ހުސައިން އަފީފްވަނީ މިފަހަރުގެ އިންތިހާބަށް އަމިއްލަ ގޮތުން ކުރިމަތިލައްވާފައެވެ.