Follow us on
އެމް.ޑީ.ޕީ ކެންޑިޑޭޓުންގެ ފުރަތަމަ 100 ދުވަހަށް މުހިއްމު ވައުދުތަކެއް!
| އިބްރާހިމް ރަފްހާން

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރ. މީދޫ ކައުންސިލަށް ވާދަކުރާ އެމް.ޑީ.ޕީގެ ކެންޑިޑޭޓުން މަޤާމަށް އިންތިހާބުވެއްޖެނަމަ ފުރަތަމަ 100 ދުވަސްތެރޭގައި ނިންމުމަށް ކަންތައްތަކެއް ކަނޑައަޅާ ވަޢުދުނާމާގައި ހިމަނައިފިއެވެ.

މިގޮތުން ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި ރައްޔިތުންގެ މާލީ ހާލަތު، އަރަންޏާއި ދަރަނި އަދި ރައްޔިތުންގެ މިލްކިއްޔާތުގައި ހުރި ތަކެއްޗާއި ފައިސާގެ މަޢުލޫމާތު ރައްޔިތުންނަށް ސާފުކޮށްފިނުން ހިމަނާފައިވެއެވެ. މީގެ އިތުރުން ގެދޮރުގެ ދަތިކަން ކުރިމަތިވެފައިވާ ފަރާތްތައް ދެނެގަނެ ސަރުކާރާއިއެކު އެކަންތައް ހައްލުކުރުމަށް ހިމަނާފައިވާއިރު ވަޒީފާގެ ދަފްތަރެއް އެކުލަވާލުމަށްވެސް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ޔޫތު ކައުންސިލެއް އުފެއްދުމާއި ރަށު ވެބްސައިޓު ހަދާ ރަށާ ބެހޭ މަޢުލޫމާތާއި ރަށުގައި ހިނގާ ކަންކަމާއި ހަރަދުގެ މަޢުލޫމާތު ވެބްސައިޓުން ލިބޭނެ ގޮތް ހެދުމުގެ އިތުރުން ކައުންސިލުން ރަސްމީކޮށް އޮންލައިންގެ ހިދުމަތް ތަޢާރާފްކުރުންވެސް 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން ކުރީގެ ރަސްމީ ފުޓުބޯޅަ ދަނޑުގައި ގިނަ ކުޅިވަރުތައް އެއްތަނަކުން ކުޅުމުގެ އިންތިޒާމް ޤާއިމްކުރަން ފެށުމާއި ރަށުގެ ލޮކޭޝަން މެޕާއި، ގްރައުންޑް ރޫލްސް ރަށުގެ ބަނދަރުން ފެންނާނެހެން ބެހެއްޓުންވެސް ވަނީ ހިމަނާފައެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި އެމް.ޑީ.ޕީގެ ޓިކެޓުގައި ކައުންސިލްގެ ރައީސްކަމަށް ޤާސިމް ސަޢީދު ވާދަކުރާއިރު ކައުންސިލް މެމްބަރުކަމަށް އަބްދުﷲ ރަޝީދު އަދި އަންހެން މެމްބަރުކަމަށް ވާދަކުރަނީ ޖަމީލާ ހުސައިން އަދި އީނާސް ރާފިޢުއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ.

ޚިޔާލު ފާޅުކުރައްވާ