Follow us on
މީދޫ އަދި މަޑުއްވަރީ ސިއްޙީ މަރުކަޒުގެ މަޝްރޫޢުއާއި ގުޅޭ ގޮތުން މިނިސްޓަރު ނަސީމް ދެއްވީ ޒާތެއްގެ ޖަވާބެއް!
| އިބްރާހިމް ރަފްހާން

ރ. މީދޫގައި އަލަށް އެޅުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލާއި މަޑުއްވަރީ ސިއްޙީ މަރުކަޒުގެ އާ އިމާރަތާއި ގުޅޭ ގޮތުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް، ހެލްތު މިނިސްޓަރު ނަސީމާއި ކުރެއްވި ސުވާލަށް މިނިސްޓަރު ‘ޒާތެއްގެ’ ޖަވާބެއް ދެއްވައިފިއެވެ.

މިއަދު މަޖިލީހުގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހެލްތު މިނިސްޓަރަށް ކުރެއްވި ސުވާލަކީ “ރ. މީދޫގައި އަލަށް އިމާރާތް ކުރަން ހަމަޖެހިފައިވާ ހޮސްޕިޓަލް އަޅަން ފެށޭނީ ކިހާތަނެއްގައިތޯ އަދި މަޑުއްވަރީ ސިއްޙީ މަރުކަޒުގެ އާ އިމާރާތް ފެށޭނީ ކިހާ ހިސާބެއްގައިތޯ؟” މިއެވެ.

މި ސުވާލަށް ޖަވާބުދެއްވަމުން ހެލްތު މިނިސްޓަރު ވިދާޅުވީ، “މަޑުއްވަރީ ދާއިރާގެ ، ރައީސުލްޖުމުހޫރިއްޔާ ތިކަހަލަ އެއްޗެއް ވިދާޅުވެފައި އޮތްކަމަކަށް އަޅުގަނޑަކަށް އެނގިފައެއް ނެތް، އަޅުގަނޑާއި ހަމައަށް އައިސްފައެއް ނެތް، އަޅުގަނޑު އެކަން ބަލައިދޭނަން އިނގޭތޯ” މިހެންނެވެ.

އެހެންނަމަވެސް، މި މަހުގެ ކުރީކޮޅު ބޭއްވި ރަށްވެހި ފަތިސް ބައްދަލުވުމުގައި ރައީސް ސޯލިހުވަނީ ރ. މީދޫ ސިއްޙީ މަރުކަޒުގެ މަސައްކަތެއް މާރިޗު މަހުގެ ދެވަނަ ހަފްތާގެ ތެރޭގައި ޓެންޑަރއަށް ލުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ހަމަ އެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު ނަސީމްވެސް ވަނީ މީދޫގައި ސިއްޙީ މަރުކަޒުގެ އިމާރާތެއް އެޅުމަށް ބިން ހޯދުމަށް ކައުންސިލުގައި އެދިފައިވާކަމަށެވެ. ނަމަވެސް މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ނުލިބެއެވެ.

ޚިޔާލު ފާޅުކުރައްވާ