Follow us on
މި ސަރުކާރުން މިހާތަނަށް ރ. އަތޮޅުގައި 113 މަޝްރޫޢު، ޖުމްލަ 257 މިލިއަން ރުފިޔާ!
| އިބްރާހިމް ރަފްހާން

ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ރ. އަތޮޅުގެ ރަށްތަކުގައި 113 މަޝްރޫޢުއެއްގެ މަސައްކަތް ކުރިއަށް ގެންދާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

މީގެ ތެރޭގައި ހިމެނެނީ ނިމިފައިވާ 10 މަޝްރޫޢުއަކާއި ހިނގަމުންދާ 35 މަޝްރޫޢުއަކާއި ކޮންޓްރެކްޓްކޮށްފައިވާ 7 މަޝްރޫޢުއަކާއި ޓެންޑަރކުރެވިފައިވާ 7 މަޝްރޫޢުއެއްގެ އިތުރުން ޕްރީ ޓެންޑަރިންގައިވާ 35 މަޝްރޫޢުއަކާއި ޕްލޭންކޮށްފައިވާ 13 މަޝްރޫޢުއެއްގެ އިތުރުން މިވަގުތު ހުއްޓިފައިވާ 1 މަޝްރޫޢުއެވެ.

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގުރާމުގެ ދަށުން ރ. އަތޮޅުގެ 597 ފަރާތެއް މިހާރު ދަނީ ޑިގްރީއަށް ކިޔަވަމުންނެވެ. އަދި ރ. އަތޮޅުގެ ރަށްތަކުގެ ސްކޫލްތަކުގައި ހިންގަމުން ގެންދާ ބްރެކްފާސްޓް ޕްރޮގުރާމަށް ސަރުކާރުން 9 މިލިއަން ރުފިޔާ މިހާތަނަށް ހަރަދުކޮށްފައިވާއިރު އިންކަމް ސަޕޯޓުގެ ގޮތުގައި ރ. އަތޮޅުގެ 1289 ފަރާތަކަށް ޖުމްލަ 18 މިލިއަން ރުފިޔާ ވަނީ ދޫކުރެވިފައެވެ.

ރައީސް ސޯލިހުގެ ސަރުކާރުން ރ. އަތޮޅުގައި ކުރިއަށް ގެންދާ ބައެއް ބޮޑެތި މަޝްރޫޢުތަކަށް ބަލާލާއިރު ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ޓާޝިއަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ބަދަލުކުރުމާއި ރ. ދުވާފަރުގެ ބިން ހިއްކުން ފާހަގަކޮށްލެވެއެވެ.

ޚިޔާލު ފާޅުކުރައްވާ