Follow us on
ފަޔާޒްގެ ކިޑްނީ ބަދަލުކުރުމަށް ބޭނުންވަނީ ތިބޭފުޅުންގެ ދީލަތި އެހީ!
| އިބްރާހިމް ރަފްހާން

ރ. މީދޫ ޕެޝަންވިލާ، އަބްދުﷲ ފަޔާޒްއަކީ ލޯބި އާއިލާއެއް ބިނާކުރަމުން އައި ހުނަރުވެރި އެންމެންނާއި ގުޅޭ ޒުވާނެކެވެ. ރ. މީދޫ ސިއްޙީ މަރުކަޒުގައި ވަޒީފާއަދާ ކުރަމުން އައި ފަޔާޒުގެ ހަޔާތަށް ކުއްލިއަކަށް ދިމާވި ކިޑްނީ ބަލީގެ ސަބަބުން މިހާރުވަނީ އުނދަގޫ ދުވަސްތަކެއް ތަޙައްމަލް ކުރަން ޖެހިފައެވެ.

ފަޔާޒްގެ ކިޑްނީ ފެއިލްވެފައިވާކަން އެނގިފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަސްތެރޭ ނޭވާ ހާސްވެގެން މީދޫ ސިއްޙީ މަރުކަޒަށް ދެއްކުމުން، އިތުރު ފަރުވާ އަށް އުނގޫފާރަށް ފޮނުވާލުމުންވެސް ކުރިއެރުމެއް ނުލިބުމުން މާލެ ދިއުމަށްފަހު ޑޮކްޓަރަށް ދައްކާ ރާއްޖޭން ބޭރަށް ފޮނުވައިގެން ހެދި ޓެސްޓުތަކުން ކިޑްނީގެ މައްސަލައެއްކަމަށް ދެއްކުމުންނެވެ.

އޭގެފަހުން އެކަމަށް ފަރުވާ ކުރުމަށް ބޭސް ބޭނުންކުރި ނަަމަވެސް އެއްވެސް ކުރިއެރުމެއް ނުލިބުމުން ޑޮކްޓަރަށް ދެއްކުމުން އެނގިގެންދިޔައީ ފަޔާޒްގެ ދެ ކިޑްނީ ވެސް ފެއިލްވެފައިވާކަމެވެ. އަދި މަސައްކަތްކުރަނީ ކިޑްނީގެ 20 އިންސައްތަކަމަށާއި ވީ އެންމެ އަވަހަށް ކިޑްނީ ބަދަލުކުރުމަށް ޑޮކްޓަރުންވަނީ ފަޔާޒްއަށް ލަފާދީފައެވެ.

ﷲ ގެ ހެޔޮ ރަޙުމަތާއިއެކު ފަޔާޒަށް މިހާރު ކިޑްނީ ޑޯނަރއެއް ލިބިފައިވާއިރު ބޭރަށް ގޮސް ބޭސްފަރުވާއަށް އާސަންދަވެސް ވަނީ ހަމަޖެހިފައެވެ. އެހެންނަމަވެސް ކިޑްނީ ބަދަލުކުރުމަށް ބޭރަށް ގޮސް 6 މަހާއ 1 އަހަރާއި ދެމެދު ބޭރުގައި މަޑުކުރަން ޖެހޭނެތީ ފަޔާޒްގެ ބޭސްފަރުވާއަށް ވަނީ އާއްމުންގެ އެހީތެރިކަމަށް ބޭނުންވެފައެވެ. އާއިލާއިން އެދެނީ ތިޔަ އެންމެ ބޭފުޅުން ފަޔާޒްގެ ބޭސްފަރުވާ ދީލަތި އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

ފަޔާޒްއަށް އެހީތެރިވުމަށް

ދިވެހި ރުފިޔާ އެކައުންޓް: 7717232908001
ޑޮލަރު އެކައުންޓް: 7719232908101

ޚިޔާލު ފާޅުކުރައްވާ