Follow us on
މަޑުއްވަރީ ޕޮލިސް ސްޓޭޝަން ދޮށަށް ރައްޔިތުންގެ ބަޔަކު އެއްވެ މުޒާހަރާ ކުރަނީ!
| އިބްރާހިމް ރަފްހާން

ރ. މަޑުއްވަރީ ޕޮލިސް ސްޓޭޝަން ދޮށަށް އެރަށު ރައްޔިތުންގެ ބަޔަކު އެއްވެ އަޑުގަދަކޮށް މުޒާހަރާކުރަން ފަށައިފިއެެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެރަށު ސްކޫލް ކުއްޖަކު ރޭޕްކުރިކަމުގެ މައްސަލައެއް މިހާރުވަނީ ފެންމަތިވެފައެވެ. އަދި ޕޮލިސް ސްޓޭޝަން ދޮށަށް ބަޔަކު އެއްވެ އަޑުގަދަ ކުރަމުންދަނީ މި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތް ހައްޔަރުކުރުން ލަސްވަމުންދާތީކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

ފުލުހުންގެ މީޑިއާއިން ބުނީ ނޯތު ޕޮލިސް ޑިވިޝަން ގައި ހިމެނޭ ރަށަކުން ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ މައްސަލަ މި މަހުގެ 11 ވަނަ ދުވަހު ހުށައެޅިފައިވާކަމަށާއި މި މައްސަލަ މިހާރު ބަލަމުން ގެންދާކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ