Follow us on
އުނގޫފާރު ކްލަސްޓަރ: މީދޫއިން މިހާތަނަށް 96 ސާމްޕަލްއެއް، ނަތީޖާ ލިބުނު 47 ސާމްޕަލް ނެގެޓިވް!
| އިބްރާހިމް ރަފްހާން

ރ. އުނގޫފާރުން ކޯވިޑް 19 އަށް ބަޔަކު ފައްސިވުމާއި ގުޅިގެން 2 މާރިޗުގެ ފަހުން އުނގޫފާރަށް ދަތުރުކޮށްފައިވާ ރ. މީދޫ މީހުންގެ ތެރެއިން 10 ދުވަސް ހަމަވެފައިވާ 96 މީހެއްގެ ސާމްޕަލް ނަގައިފިއެވެ.

މީދޫ ސިއްޙީ މަރުކަޒުގެ ޕަބްލިކް ހެލްތު ޔުނިޓުން އާއްމުކޮށްފައިވާ ގޮތުން މިހާތަނަށް ނެގުނު 96 ސާމްޕަލްގެ ތެރެއިން 47 ސާމްޕަލްއެއްގެ ނަތީޖާ ލިބިފައިވާއިރު އެހުރިހާ ސާމްޕަލްއެއްވެސް ވަނީ ނެގެޓިވްވެފައެވެ. އަދި މިހާތަނަށް 49 ސާމްޕަލްއެއްގެ ނަތީޖާ ނުލިބެއެވެ.

ރ. އުނގޫފާރު ކްލަސްޓަރއާއި ގުޅިގެން ރ. އަތޮޅުން އިއްޔެ އިރުއޮއްސި 6 އާއިއަހަމައަށް 1900 އަށްވުރެ ގިނަ ސާމްޕަލް ނަގާފައިވާއިރު އުނގޫފާރުގެ އިތުރުން ހުޅުދުއްފާރު އަދި މަޑުއްވަރީންވަނީ ޕޮޒިޓިވްކޭސްތަކެއް ފެނިފައެެވެ. މީގެ އިތުރުން ކ. ދިއްފުށި އަދި ޅ. ނައިފަރުންވެސް މި ކްލަސްޓަރއާއި ގުޅޭ ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ