ޚަބަރު ދީން މުޖުތަމަޢު އަޚްލާޤް އަޤީދާ ވާހަކަ
2 މާރިޗު 2021 ގެ ފަހުން އުނގޫފާރުގައި އުޅެފައިވާ ފަރާތްތަކުން ސިއްޙީ މަރުކަޒުތަކަށް އެނގުމަށް އެދިއްޖެ

2 މާރިޗު 2021 ގެ ފަހުން ރ. އުނގޫފާރުގައި އުޅެފައިވާ އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ ފަރާތެއްވާނަމަ، ވީ އެންމެ އަވަހަށް އެރަށެއްގެ ސިއްޙީ މަރުކަޒަށް ނުވަތަ ހޮސްޕިޓަލަށް އެންގުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އެދިއްޖެއެވެ.

މިގޮތަށް އެދިފައިމިވަނީ އުނގޫފާރުން ކޯވިޑުގެ ކޭސްތަކެއް ފެނި އެރަށް މޮނިޓަރިންގއަށް ލާފައިވާ ދަނޑިވަޅެއްގައެވެ. 2 މާރިޗުގެ ފަހުން އުނގޫފާރަށް ގޮސްފައިވާ ފަރާތްތަކުން އުނގޫފާރުން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސް ވަންދެން ކަރަންޓީނުގައި ތިއްބެވުމަށްވެސް އެޗް.ޕީ.އޭއިން ވަނީ އަންގާފައެވެ.

އުނގޫފާރުން މިހާތަނަށް 6 މީހަކުވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ.