Follow us on
އަނަސްގެ ޢާއިލާއާއި ރަޙުމަތްތެރިން ސީޕީ ހަމީދުއާއި ބައްދަލުކޮށް ކަންބޮޑުވުންތައް ހިއްސާކޮށްފި
| އިބްރާހިމް ރަފްހާން

2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ އަނިޔާވެރިކޮށް މަރާލެވުނު ރ. މީދޫ ފެންފިޔާޒުގެ، މުޙައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް އަނަސްގެ އާއިލާއާއި ރަހުމަތްތެރިން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއާއި ބައްދަލުކޮށްފިއެވެ.

ސީ.ޕީ ހަމީދުއާއި އަނަސްގެ އާއިލާ އަދި ރަހުމަތްތެރިން ބައްދަލުކޮށްފައިވަނީ ސީޕީ ހަމީދު މިއަދު މީދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. ކޮމިޝަނަރއާއި ބައްދަލުކޮށް އަނަސްގެ އާއިލާގެ ފަރާތުން ވާހަކަދެއްކި އަނަސްގެ ބޭބެވަނީ އާއިލާގެ ހުރި އެކި ކަންބޮޑުވުންތަކާއި ޝަރީޢަތްތައް ކުރިއަށްދާ ދުވެއްޔާއި މެދު ހުރި ކަންބޮޑުވުންތައްވެސް ހިއްސާކޮށްފައެވެ.

މިމައްސަލާއި ގުޅޭ ގޮތުން ޕޮލިސް ކޮމިޝަނަރ ވާހަކަދައްކަވަމުން ވިދާޅުވީ، މި މައްސަލައިގެ ތަހުޤީޤުގައި ގޮންޖެހުންތަކެއް ހުރިނަމަވެސް ފުލުހުން އެކި ގޮތްގޮތުން މި މައްސަލަ ބަލާފައިވާނެކަމަށާއި އަދި މިހާރުވެސް މަރުތަކާއި ބެހޭ ކޮމިޝަނަށް މި މައްސަލައިގައި ފުލުހުން ދޭން ޖެހޭ އެއްބާރުލުން ދެމުންގެންދާކަމަށެވެ.

މިއަދުގެ މި ބައްދަލުވުމަށްފަހު އަނަސްގެ އާއިލާއާއި ވަކިންވެސް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ރިޔާޒު ބައްދަލުކުރައްވާފައިވާކަން ފާހަގަކޮށްލެވެއެވެ.

ޚިޔާލު ފާޅުކުރައްވާ