ޚަބަރު ދީން މުޖުތަމަޢު އަޚްލާޤް އަޤީދާ ވާހަކަ
ޑރ. އާދަމް ޝަމީމްގެ ހާއްސަ ދަރުހެއް މިރޭ އިޝާ ނަމާދަށްފަހު ޒިންނޫރައިނި މިސްކިތުގައި

އިސްލާމިކް މިނިސްޓްރީ އާއި ރ. މީދޫ ކައުންސިލް ގުޅިގެން އިންތިޒާމްކުރާ ޑރ. އާދަމް ޝަމީމްގެ ހާއްސަ ދަރުހެއް މިރޭ އިޝާ ނަމާދަށްފަހު މަސްޖިދުއް ޒިންނޫރައިނިގައި އޮންނާނެއެވެ.

މި ދަރުސްގެ މަޢުޟޫއު އަކީ ’ތައުޙީދު/ ދިނީ ވާޖިބުތަކަށް ހުރުމަތްތެރިކޮށް ހިތުން‘ މިއެވެ. މި ދަރުސްގެ އިތުރުންވެސް މިއަދު ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނާއި ބެލެނިވެރިންނަށްވެސް ހާއްސަ ދީނީ ޕްރޮގުރާމްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ދަރުސް އަޑުއެއްސެވުމަށް ވީހާވެސް ގިނަ ބޭފުޅުން ވަޑައިގެންދެއްވުމަށް މީދޫ ކައުންސިލުންވަނީ އެދިލައްވާފައެވެ.