Follow us on
ފާއިތުވެދިޔަ 2 އަހަރު މީދޫ އަންހެނުން ކޮމިޓީއަށް މާލީ ގޮތުން ބޮޑު ކުރިއެރުމެއް!
| އިބްރާހިމް ރަފްހާން

ރ. މީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން ފާއިތުވެދިޔަ ދެ އަހަރު މާލީ ގޮތުން ބޮޑު ކުރިއެރުމެއް ހޯދައިފިއެވެ. 2019 ވަނަ އަހަރުގެ މާލީ ބަޔާން އިއްވުމަށް އަންހެނުންގެ ކޮމިޓީން ފުރަތަމަ ފަހަރަށް ހަފްލާއެއް ބޭއްވިނަމަވެސް ކޮވިޑާއި ގުޅިގެން މިފަހަރު މާލީ ބަޔާން ހާމަކޮށްފައިވާ ފޭސްބުކް މެދުވެރިކޮށް ވީޑިޔޯ ރިޕޯޓަކުންނެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީންވަނީ ފާއިތުވެދިޔަ ދެ އަހަރު މާލީ ގޮތުން ލިބުނު ކުރިއެރުމުގެ ތަފްސީލްތައް ހިއްސާކޮށް ރިޕޯޓެއް ނެރެފައެވެ. އެ ރިޕޯޓުގައި ބުނެފައިވަނީ 2019 ވަނަ އަހަރު އަންހެނުންގެ ކޮމިޓީއަށް އާ ބަޔަކު އިންތިހާބުކުރި އިރު ކޮމިޓީގެ ބަޖެޓުގައި ބާކީ ހުރީ 3700 ރުފިޔާކަމަށެވެ. އަދި 2019 ވަނަ އަހަރުގެ ތެރޭގައި އާމްދަނީގެ ގޮތުގައި އަންހެނުންގެ ކޮމިޓީއަށް 135،072.61 ރުފިޔާ ލިބިފައިވާއިރު 2019 ވަނަ އަހަރު 107،777.09 ރުފިޔާވަނީ އެކި ކަންކަމަށް ޙަރަދު ކުރެވިފައެވެ. ރިޕޯޓުގައި ބުނެފައިވާ ގޮތުން 2019 ވަނަ އަހަރު ނިމުނު އިރު ފައިދާގެ ގޮތުގައި 27،295.52 ރުފިޔާ ލިބިފައިވެއެވެ.

2020 ވަނަ އަހަރު އާމްދަނީގެ ގޮތުގައި އަންހެނުންގެ ކޮމިޓީއަށްވަނީ 194،902.61 ރުފިޔާ ލިބިފައެވެ. 2020 ވަނަ އަހަރު އެކި ކަންކަމަށް އަންހެނުން ކޮމިޓީންވަނީ 169،895.20 ރުފިޔާ ހަރަދުކޮށްފައިވެއެވެ. 2020 ވަނަ އަހަރު ނިމުނު އިރު ކޮމިޓީގެ ބަޖެޓުގައި 25،007.41 ރުފިޔާ ބާކީ ހުރިކަމަށްވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ފާއިތުވެދިޔަ 2 އަހަރު ރ. މީދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީންވަނީ ތަފާތު އެކި ހަރަކާތްތައް ހިންގާފައިވެއެވެ. އަންހެނުންގެ ކޮމިޓީން ހޯދާފައިވާ އެކި ކާމިޔާބީތަކުގައި ހިއްސާވި ހުރިހާ ފަރާތްތަކަށް، ހާއްސަކޮށް ކުރީގެ ކޮމިޓީއަށް އަދި މީދޫ ކައުންސިލްގެ ރައީސް ހުސައިން އަފީފަށް އަންހެނުންގެ ކޮމިޓީންވަނީ ޝުކުރުއަދާކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ