Follow us on
އާރަށް ރިޒޯޓުން އިތުރު ތިން މުވައްޒަފަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ
| އިބްރާހިމް ރަފްހާން

ރ. އަތޮޅުގައި ހިންގަމުން އަންނަ އާރަށް ރިޒޯޓުން އިތުރު ތިން މުވައްޒަފެއް ކޯވިޑް 19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އިތުބާރު ހުރި ފަރާތަކުން މީދޫ ޓައިމްސްއަށް މަޢުލޫމާތުދެމުން ބުނީ، އާރަށް ރިޒޯޓުން މީހަކު ޕޮޒިޓީވްވުމާއި ގުޅިގެން ނެގި 30 ސާމްޕަލްގެ ތެރެއިން 3 ސާމްޕަލްއެއްގެ ނަތީޖާ ޕޮޒިޓިވްވެފައިވާކަމަށެވެ. މިގޮތުން ޕޮޒިޓިވްވެފައިވަނީ ތިން ބިދޭސީ މުވައްޒަފުންނެވެ.

މި ތިން މީހުން ޕޮޒިޓިވްވުމާއި ގުޅިގެން އިތުރު 50 ސާމްޕަލްއެއް ނެގުމުގެ މަސައްކަތް ހޮނިހިރު ދުވަހު އެ ރިޒޯޓުގައިވަނީ ކުރިއަށް ގެންގޮސްފައެވެ. މަޢުލުމާތު ލިބޭ ގޮތުގައި އެ ރިޒޯޓުގެ އަމާޒަކީ މި ހަފްތާ ނިމުމުގެ ކުރިން ހުރިހާ މުވައްޒަފުންގެ ސާމްޕަލް ނެގުމެވެ.

ޚިޔާލު ފާޅުކުރައްވާ