Follow us on
ސްކޫލް ކިޔެވުން ފެށޭ ގަޑިއާއި ނިމޭ ގަޑީގައި ރ. މީދޫގެ ބައެއް މަގުތައް ބަންދުކުރަނީ
| އިބްރާހިމް ރަފްހާން

ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ކިޔެވުން ފެށޭ ގަޑިއާއި ނިމޭ ގަޑީގައި އެއްގަމު އުޅަނދުތަކަށް ނުވަދެވޭނެހެން ރ. މީދޫގެ ބައެއް މަގުތައް ބަންދުކުރުމަށް ރ. މީދޫ ކައުންސިލުން ނިންމައިފިއެވެ.

ރ. މީދޫ ކައުންސިލުން ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ސްކޫލް ފެށޭގަޑިކަމުގައިވާ 7:45 އިން 8:00 އަށް 15 މިނިޓަށް އަދި ސްކޫލް ސެޝަން ނިމޭގަޑިކަމުގައިވާ 11:45 އިން 12:00 އަށް 15 މިނިޓަށް ސްކޫލް ސަރަހައްދުގައިވާ މަގުތައް ބަންދުކުރެވޭނެކަމަށެވެ.

އެގޮތުން އެ ގަޑިތަކުގައި ބަންދުކުރުމަށް ހަމަޖެހިފައިވާ މަގުތަކަކީ

  • އިސްކަންދަރު މަގު ފެހިޖެހި މަގުން ފެށިގެން އިރަށް ޝާރިޢު އަޙްމަދު ހިނގުމާއި ހަމައަށް
  • ޣާޒީ މަގު، އަމީނީ މަހުން ފެށިގެން ދެކުނަށް ސިތާރާވާދީ ގޭ ދޮރާއްޓާއި ހަމައަށް ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ވަނުން
  • ޣާޒީމަގު ސިތާރާވާދީ ގޭ ދޕރާށިން ފެށިގެން ދެކުނަށް އިސްކަންދަރު މަގާއި ހަމައަށް އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ވަނުން

އެއްގަމު އުޅަނދު ވަނުން މަނާ ގަޑިތަކުގައިވެސް ބަލިމީހުންނަށް ހާއްސަ ކުރެވިފައިވާ އުޅަނދުފަހަރު ވަނުން އިސްތިސްނާ ކުރެވިގެންދާނެކަމަށް ކައުންސިލްގެ އިޢުލާނުގައި ބުނެފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ