ރ. ދުވާފަރުގައި ހޯމް ކަރަންޓީނުގައި ހުރި ދެމީހަކު ކޯވިޑް 19 އަށް ފައްސިވެއްޖެއެވެ.
އެ ރަށު ސިއްޙީ މަރުކަޒުން ބުނީ އެ 2 މީހުންގެ ފަރާތުން ކޮވިޑްގެ އަލާމާތްތަކެއް ފެނުމާއި ގުޅިގެން 15 ޖަނަވަރީގައި ނެގުނު 2 ސާމްޕަލް ކޯވިޑްއަށް ފައްސިވެފައިވާކަމަށެވެ.
މި ދެ ފަރާތުގެ ކޮންޓެޓް ޓްރޭސިންގ އިން ބެލި ބެލުމުން ގޭގައި ދިރިއުޅެމުންދާ ފަރާތްތައް ފިޔަވާ އިތުރު ފަރާތަކާއި ބައްދަލުވެފައިނުވާކަމަށްވެސް ދުވާފަރު ސިއްޙީ މަރުކަޒުން މަޢުލޫމާތުދެއެވެ.