Follow us on
އަޑިއަށް ގޮސްފަ އޮތް ދޯންޏެއްގެ ދަށުވެ ހޭނެތުނު މީހަކު އިތުރު ފަރުވާއަށް އުނގޫފާރަށް!
| އިބްރާހިމް ރަފްހާން

މިދިޔަ ހަފްތާގެ ހުކުރު ދުވަހު ރ. ރީތިފަރު ކައިރި ގިރިއަކަށް އަޑިޔަށް ދިޔަ ދޯނި ނެގުމުގެ މަސައްކަތު އުޅުނު މީހަކު އެ ދޯނީގެ ދަށުވެ އިތުރު ފަރުވާއަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. ފުލުހުން މީދޫ ޓައިމްސްއަށް މަޢުލޫމާތު ދެމުން ބުނީ އެ ހާދިސާގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާއެކު 8 މިނެޓުތެރޭ މީދޫ ޕޮލިސް ސްޓޭޝަންގެ ފުލުހުން އެ ސަރަހައްދަށް ގޮސް އެމީހާ މީދޫ ސިއްޙީ މަރުކަޒަށް ގެނެވުނުކަމަށެވެ. އަދި މީދޫ ސިއްޙީ މަރުކަޒުގެ ޑޮކްޓަރު ބެލުމަށްފަހު އިތުރު ފަރުވާ ދިނުމަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ފޮނުވާލުމަށް ލަފާ ދިނުމާއެކު 15:45 ހާއިރު އުނގޫފާރަށް ފޮނުވާލެވިފައިވާކަމަށްވެސް ފުލުހުން މަޢުލޫމާތުދެއެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ ޅ.ނައިފަރަށް ނިސްބަތްވާ މީހަކަށެވެ.

ޚިޔާލު ފާޅުކުރައްވާ

  1. hehe 8 min ey