އުއްމީދު ޖަމްޢިއްޔާއިން ކުރިއަށް ގެންދާ ހާއްސަ ދަރުސް ސިލްސިލާ ”ޞާލިހުންގެ ބަގީޗާ“ގެ ފުރަތަމަ ދަރުސް މިއަދު އަޞުރު ނަމާދަށްފަހު ޒިންނޫރައިނި މިސްކިތުގައި އޮންނާނެއެވެ.

މި ދަރުސް ސިލްސިލާގެ ދަރުސްތައް ދެއްވުމަށް ހަމަޖެހިފައިވަނީ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. އާދަމް ޝަމީމްއެވެ. މި ދަރުސް ސިލްސިލާގެ ދަރުހެއް ކޮންމެ މަހަކުވެސް އޮންނާނެކަމަށް އުއްމީދު ޖަމްޢިއްޔާއިން މަޢުލޫމާތުދެއެވެ.
މިއަދުގެ މި ދަރުސް އުއްމީދު ޖަމްޢިއްޔާގެ ފޭސްބުކް ޕޭޖުން ލައިވްކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.