Follow us on
ރ. ފިލާދޫކައިރި ގިރިއަކަށް ދޯންޏެއް އަރާ، ކަނޑުވި 3 މީހަކު ފުލުހުން ސަލާމަތްކޮށްފި
| އިބްރާހިމް ރަފްހާން

ރ. ރަސްމާދޫ ޕާކު ހެދުމަށް ބޭނުންވާ ސާމާނު ހިފައިގެން އެ ރަށަށް ދަތުރުކުރި ދޯންޏެއް ރ. ފިލާދޫ ކައިރި ގިރިއަކަށް އަރާ ދޯނީގެ ބޮޑުބައެއް އަޑިއަށް ގޮސް ފަޅުވެރިން ކަނޑުވެފައިވަނިކޮށް މީދޫ ޕޮލިސް ސްޓޭޝަންގެ ފުލުހުން އެ ތިން ފަޅުވެރިން ސަލާމަތްކޮށްފިއެވެ.

މި ތިން ފަޅުވެރިންގެ ހާލުވެސް ރަނގަޅުކަމަށާއި ތިން މީހުންވެސް މިވަގުތު ތިބީ ރ. މީދޫ ޕޮލިސް ސްޓޭޝަންގައިކަމަށް މީދޫ ޕޮލިސް ސްޓޭޝަންގައިއެވެ. އަޑިއަށް ގޮސްފައިވަނީ ‘ދެރިޔާ’ ނަމަކަށް ކިޔާ ދޯންޏެއްކަމަށްވެސް ފުލުހުން މަޢުލޫމާތު ދެއެވެ.

ފިލާދޫ ކަައިރި ގިރިއަކަށް އެރި މި ދޯނީގެ 90 އިންސައްތަ އަޑިއަށް ގޮސްފައިވާކަމަށްވެސް ފުލުހުން މަޢުލޫމާތުދެއެވެ.

ޚިޔާލު ފާޅުކުރައްވާ