ޚަބަރު ދީން މުޖުތަމަޢު އަޚްލާޤް އަޤީދާ ވާހަކަ
ރާއްޖޭގެ އިޤްތިޞާދު ކޮޅަށް ޖެހުމަށް އެންމެ ބުރަ މަސައްކަތެއް ކުރަމުން ދާ އެއް ބަޔަކީ ރިޒޯޓު މުވައްޒަފުން!

އުއްމީދީ އަހަރެއްގެ ގޮތުގައި ގިނަ ބަޔަކު ކުރިއާލާ ސިފަކުރަމުންދިޔަ 2020 ވަނަ އަހަރު ބައްދަލުކޮށް ދުވަސްތައް ވޭތުވެގެންދިޔައީ އުއްމީދުވެސް ނުކުރެވޭ ފަދަ ގޮތަކަށެވެ. ކޯވިޑް 19 ގެ ސަބަބުން މުޅި ދުނިޔެ ހުއްޓުމަކަށްއައިއިރު ޤައުމުތަކުގެ އިޤްތިޞާދު ފުނޑުނެވެ.

ކޯވިޑް 19 ގެ އެންމެ ބޮޑު އަސަރެއް ކުރި އެއް އިޤްތިޞާދަކީ އިޤްތިޞާދެވެ. މުޅި ޤައުމު ޓޫރިޒަމްއަށް ބިނާވެފައިވާ މި ޤައުމުގެ ބޯޑަރުތައް ބަންދުކޮށް ތިންމަސް ދުވަސް ވޭތުވެގެންދިއުމުގެ އަސަރު އިޤްތިޞާދަށް ނުހަނު ބޮޑަށް ކުރިއެވެ. ހާއްސަކޮށް މީގެ އަސަރު އެންމެ ބޮޑަށް ކުރި ބަޔަކީ ރިޒޯޓު މުވައްޒަފުންނެވެ. ގިނަ ބައެއްގެ ވަޒީފާތައް ގެއްލުނުއިރު އެންމެ ބޮޑަށް މުސާރައަށް އަސަރުކުރި ބަޔަކީވެސް ރިޒޯޓު މުވައްޒަފުންނެވެ. އެއްބަޔަކު އާއިލާއާއި ދުރުގައި ގިނަ ދުވަސްތަކެއް ވަންދެން އެ ބިރުވެރި ދުވަސްތައް ހޭދަކުރަން ޖެހުނެވެ.

މަޑުމަޑުން ކޯވިޑް 19 ގެ ކަންކަމުން އަރައިގަތުމުގެ މަސައްކަތް ފެށިއިރު ރިޒޯޓުތައް ހުޅުވާލުމާއެކު ހީނަރުވެފައިވާ ރާއްޖޭގެ އިޤްތިޞާދު ކޮޅަށް ޖެހުމަށް އެންމެ ފުރަތަމަ މަސައްކަތް ފެށި ބަޔަކީވެސް ރިޒޯޓު މުވައްޒަފުންނެވެ. އާއިލާއާއި ދުރުގައި އެތައް ދުވަހެއް ރިޒޯޓު މުވައްޒަފުން ހޭދަކުރަމުންދާއިރު އެ ކުރާ މަސައްކަތަކީ ބޮޑު ޤުރުބާނީއެކެވެ. ޝުކުރު ހައްޤު މަސައްކަތެކެވެ.

ރާއްޖޭގެ އިޤްތިޞާދު މަޑުމަޑުން ރަނގަޅުވަމުން އަންނައިރު ރިޒޯޓު މުވައްޒަފުންގެ ޤުރުބާނީއަށް އެންމެންވެސް ޝުކުރުއަދާކުރަން ޖެހެއެވެ.