ރ. މީދޫގައި މި ސަރުކާރުން ތަރައްޤީ ކުރާ ޓާރފް ފުޓުބޯޅަ ދަނޑުގެ ސަބް ބޭސްގެ މަސައްކަތް އާރު.ޑީ.ސީން ބާރު ސްޕީޑުގައި ކުރިއަށް ގެންދަން ފަށައިފިއެވެ.
ދަނޑުގެ ސަބް ބޭސް ހެދުމުގެ މަސައްކަތް އާރު.ޑީ.ސީން ފަށާފައިވަނީ ޑިސެމްބަރު މަހުގެ ފަހުކޮޅުގައެވެ. މި މަސައްކަތް އާރު.ޑީ.ސީ އާއި ހަވާލުކޮށްފައިވަނީ 2020 ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ. އެހެންނަމަވެސް މަސައްކަތް ނުފެށި ލަސްވެފައިވަނީ ކޯވިޑް 19 އާއި ގުޅިގެން ފިނޭންސް މިނިސްޓްރީން މަސައްކަތް މަޑުޖައްސާލުމަށް އެންގުމާއި ގުޅިގެންނެވެ.

ސަބް ބޭސް މަސައްކަތް ކުރުމަށް އާރު.ޑީ.ސީން މުވައްޒަފުން ނަގާފައިވަނީވެސް ރ. މީދޫއިންކަން ފާހަގަކޮށްލެވެއެވެ. ރ. މީދޫ ޓާރފް ފުޓުބޯޅަ ދަނޑަކީ ދައުލަތުގެ ބަޖެޓުން 6 މިލިއަން ރުފިޔާ ހޭދަކޮށްގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.