މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މީދޫ އަދި މަޑުއްވަރީއަށް ހުޅުވާލައިގެން ކުރިއަަށް ގެންދާ ނެޓުބޯޅަ އަދި ފުޓްސަލް މުބާރާތް މިއަދު ފަށާނެއެވެ.
ފުޓްސަލް މުބާރަތުގައި މީދޫގެ 8 ޓީމު އަދި މަޑުއްވަރީގެ 2 ޓީމެއް ބައިވެރިވެފައިވާއިރު ނެޓުބޯޅަ މުބާރާތުގައި މަޑުއްވަރީގެ 5 ޓީމު އަދި މީދޫއިން 3 ޓީމު ބައިވެރިވެފައިވެއެވެ.
ނެޓުބޯޅަ މުބާރާތުގައި ކޮންމެ ދުވަހަކުވެސް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލުކުރަނީ ސްޓާރސް އަދި ޕޮއިޒަން އައިވްސްއެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ސެވެން އެޓޭކަރސް އަދި ކަނބަލުންނެވެ.
ފުޓްސަލް މުބާރާތުގައި ކޮންމެ ރެއަކު ތިން މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު މިރޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މިދިޔަ އަހަރުގެ ޗެމްޕިއަން ހަވާސް ސްޕޯޓްސް ކުލަބް އަދި މަލަމަތިއެވެ. ދެވަނަ މެޗުގައި ގާގަނޑު އެފް.ސީ އަދި ރޯވާރސް ބައްދަލު ކުރުމަށް ހަމަޖެހިފައިވާއިރު ތިން ވަނަ މެޗުގައި ބައްދަލުކުރާނީ ކޯރުކެނޑި އެފް.ސީ އަދި ބުންވަރު އެފް.ސީއެވެ.
ނެޓުބޯޅަ މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 19 ޑިސެމްބަރުގައެވެ. ފުޓްސަލް މުބާރާތުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ 20 ޑިސެމްބަރުގައެވެ.