Girl in a jacket
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި
  • ދީން
  • ރިޕޯޓް
  • މުނިފޫހިފިލުވުން
20 ޖެނުއަރީ 2021, ބުދަ
Girl in a jacket

ފަހުގެ ލިޔުންތައް

ފޮޓޯއިން: ރ. މީދޫ ޓާރފް ދަނޑުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް!

ފޮޓޯއިން: ރ. މީދޫ ޓާރފް ދަނޑުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް!

ރ. ރަސްމާދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑަށް ފައްސިވެއްޖެ

ސްކޫލް ކިޔެވުން ފެށޭ ގަޑިއާއި ނިމޭ ގަޑީގައި ރ. މީދޫގެ ބައެއް މަގުތައް ބަންދުކުރަނީ

ގިނަ ދުވަސްތަކަކަށްފަހު ޖަމްޢިއްޔަތުއް ސަލަފްގެ މިސްކިތު ދަރުސްތައް ފަށައިފި

ގިނަ ދުވަސްތަކަކަށްފަހު ޖަމްޢިއްޔަތުއް ސަލަފްގެ މިސްކިތު ދަރުސްތައް ފަށައިފި

ގެއްލިގެން ހޯދަމުންދިޔަ ޑިންގީ ރައްކާތެރިކަމާއެކު ކިނޮޅަހަށް ވަދެއްޖެ

ރ. ދުވާފަރު މަސް ދޯންޏެއް ފަރަކަށް އަރައިގެން އެމް.އެން.ޑީ.އެފުން ހަރަކާތްތެރިވަނީ

18 ޖެނުއަރީ 2021
ރ. ދުވާފަރުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑް 19 އަށް ޕޮޒިޓިވްވެއްޖެ

ރ. ދުވާފަރުގައި ހޯމް ކަރަންޓީނުގައި ހުރި ދެ މީހަކު ފައްސިވެއްޖެ

ރ. އަތޮޅުގެ 6 ރަށު ކައުންސިލަކަށް ފިޔަވަޅު އެޅުމަށް އެލް.ޖީ.އޭ އިން އަންގައިފި

ރ. އަތޮޅުގެ 6 ރަށު ކައުންސިލަކަށް ފިޔަވަޅު އެޅުމަށް އެލް.ޖީ.އޭ އިން އަންގައިފި

ރިޕޯޓް

ކުދިން ހިތާނުކުރުމުގައި 20 އަހަރުގެ ތަޖުރިބާއާއެކު ނަސްރުﷲ، މިކަމަށް އެއްވަނައިގެ ބޭފުޅެއް!

އިބްރާހިމް ރަފްހާންއިބްރާހިމް ރަފްހާން
ކުދިން ހިތާނުކުރުމުގައި 20 އަހަރުގެ ތަޖުރިބާއާއެކު ނަސްރުﷲ، މިކަމަށް އެއްވަނައިގެ ބޭފުޅެއް!

ނަސްރުﷲ ކުއްޖަކު ހިތާނުކުރުމަށް ތައްޔާރުވެފައި

ކޮންމެ ފިރިހެން ކުއްޖެގެވެސް މައިންބަފައިން އެ ކުއްޖާގެ ހަޔާތުގައި އެންމެ ބޮޑަށް ތައްޔާރުވާ އެއް ދުވަހަކީ ކުއްޖާ ހިތާނުކުރާ ދުވަސްކަމީ އެއްވެސް ޝައްކެތް އޮތްކަމެއް ނޫނެވެ. ކުއްޖާ ހިތާނުކުރުމަށް ފުންނާބު އުސް ބޭފުޅަކު ހޯދާ ހުރިހާ މައިންބަފައންވެސް އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވެއެވެ. މި ރިޕޯޓުގައި މި އަލިއަޅުވާލަނީ ހިތާނުކުރުމުގެ ދާއިރާގައި 20 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާއާއިއެކު ފަރުވާތެރިކަމާއިއެކު އެ މަސައްކަތް ކުރައްވަމުން ގެންދަވާ ރ. މީދޫ ހިތްފަސޭހަގެ ނަސްރުﷲ އިބްރާހިމްގެ ވާހަކަތަކަށެވެ.

ނަސްރުﷲ އެންމެ ފުރަތަމަ މިކަމުގެ ތެރެއިން ވަދެފައިވަނީ މި ދާއިރާގައި މުޅި ރާއްޖެއަށްވެސް ނަން މަޝްހޫރު ރ. މީދޫ ، ނިރޮޅު މުޙައްމަދު ރަފީޢު އާއްމު ނަމުންނަމަ ރަފީޢުބެގެ އެހީތެރިކަމާއެކުއެވެ. އެގޮތުން 2000 ގެ ކުރީ ކޮޅުން ފެށިގެން ރަފީޢުބެގެ އެހީތެރިއެއްގެ ގޮތުގައި ދާން ފެށިއިރު އެތައް ރަަށަކަށް ކޮންމެ އަހަރަކުވެސް ގޮސް ތަޖުރިބާ ހޯދާފައިވެއެވެ. މިކަމަށް ހުރި ޝައުޤުވެރިކަމެއްގެ ބޮޑުކަމުން ނަޞްރުﷲ ވަނީ 2002 ވަނަ އަހަރުގެ ތެރޭގައި ހިތާނުކުރުމުގެ ސަނަދުވެސް ހާސިލްކޮށްފައެވެ.

ނަޞްރުﷲ ރަފީޢުބުގެ އަރިހުން ދަރިވަރުވުމަށްފަހު އަމިއްލައަށް ކުދިން ހިތާނުކޮށްދޭން ފަށާފައިވަނީ 2014 ވަނަ އަހަރުގެ ތެރޭގައެވެ. އޭގެ ފަހުން މިއަދާއި ހަމައަށް ކޮންމެ އަހަރެއްގެ ބޮޑު ބަންދަކީ ނަސްރުﷲއަށް އަންނަ އެންމެ ބުރަ އަދި އެންމެ އުފާވެރި ދުވަސްތަކެވެެ. އެތައް ރަށެއްގެ އެތައް ކުދިންނަކާއި މައިންބަފައިންނަކާއި ބައްދަލުވެ އެ ކުދިންގެ މި ބޮޑު އުފަލުގައި ބައިވެރިވެލުމަކީ ނަސްރުﷲ ދެކޭ ގޮތުގައި އޭނާއަށްވެސް ލިބޭ ވަރަށް ބޮޑު އުފަލެެކެވެ.

ނަޞްރުﷲ ފާހަގަކުރެވެނީ ވަރަށް ފަރުވާތެރިކަމާއި ސާފުތާހިރުކަމާއެކު މި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން ހިތާނުކުރަން ދާ ކޮންމެ ރަށެއްގައި 3 ދުވަސް މަޑުކުރުމަކީ ނަޞްރުﷲ ވަރަށް އިސްކަން ދެއްވައިގެން ކުރާކަމެކެވެ. އޭގޭ ބޭނުމަކީ ހިތާނުކުރުމަށްފަހު އެ ތިން ދުވަހު ކުދިންގެ ކަންކަން ގާތުން ބެލުންކަމަށާއި ކަމެއް ދިމާވެއްޖެނަމަވެސް އެހީތެރިވެވޭނެހާ ގާތުގައި ހުރުންކަމަށް ނަސްރުﷲ މަޢުލޫމާތުދެއްވިއެވެ. މިއީ ނަސްރުﷲގެ ފަރާތުން ކުދިންގެ މައިންބަފައިންވެސް އެންމެ ބަލައިގަންނަ އެއް ކަންތައްކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ކުއްޖާއާއި ދުރުގައި ހުންނަ އިރުވެސް ހާއްސަަ ހާލަތެއް ދިމާވެއްޖެނަމަ އަބަދުވެސް އެ ކުއްޖާގެ ކައިރިއަށް އެ ރަށަކަށް ދިއުމަކީ ނަސްރުﷲ ވަރަށް އިސަކަންދެއްވާ ކަމެއްކަން ފާހަގަކޮށްލެވެއެވެ.

ކުރިން ފާހަގަކޮށްލިހެން ނަސްރުﷲ އަކީ ވަރަށް ފަރުވާތެރިކަމާއެކު މި މަަސައްކަތް ކުރައްވާ ބޭފުޅެކެވެ. އެގޮތުން މި މަސައްކަތް ކުރުމަށް ނަސްރުﷲ ބޭނުންކުރާ ސާމަނަކީ އެންމެ ރައްކާތެރި އަދި އެންމެ ފެންވަރު ރަނގަޅު ސާމާނުކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ކޮންމެ އަހަރެއްގައިވެސް ހިތާނު މޫސުން އައުމުގެ ކުރިން ނަސްރުﷲ ބޮޑު ހަރަދެއް ކުރައްވައިގެން މިކަމަށް ބޭނުންވާ އާލަތްތައް އާކުރައްވާކަން ފާހަގަކޮށްލެވެއެވެ.

ނަސްރުﷲ ކޮންމެ ރަށެއްގައިވެސް ހިތާނުކުރުމުގެ ކުރިން އެ ހިތާނުކުރާ ކުދިންގެ މައިންބަފައިންނަށް މިކަމާއި ބެހޭ ތަފްސީލީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވާ އެ ފަރާތްތަކުގެ ސުވާލުތަކަށް ޖަވާބު ދެއްވުމަކީވެސް ވަރަށް އިސްކަންދީގެން ކުރައްވާކަމެކެވެ. މީގެ ބޭނުމަކީ ހިތާނުކުރަން ފެށުުގެ ކުރިން މައިންބަފައިންނަށް ހުރިހާ ކަމެއް ސާފުކޮށްދިނުމެވެ.

ނަސްރުﷲ ލައްވާ ހިތާނުކުރުމުގެ ކަންތައް ކުރިއަށް ގެންދަން ބޭނުންވެލައްވާނަމަ ނަސްރުﷲގެ ފޯނު ނަމްބަރު 7913334 އަށް ގުޅުއްވައިގެން ކުރިއަށް ގެންދެވޭނެއެވެ. ނަސްރުﷲ މިހާރުވަނީ މިއަހަރުގެ ހިތާނީ މޫސުން ފަށާފައެވެ. މިވަގުތު ހިތާނުކުރުމަށް ހުންނެވީ ރ. ވާދޫގައެވެ.

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ އިޤްތިޞާދު ކޮޅަށް ޖެހުމަށް އެންމެ ބުރަ މަސައްކަތެއް ކުރަމުން ދާ އެއް ބަޔަކީ ރިޒޯޓު މުވައްޒަފުން!

ރާއްޖޭގެ އިޤްތިޞާދު ކޮޅަށް ޖެހުމަށް އެންމެ ބުރަ މަސައްކަތެއް ކުރަމުން ދާ އެއް ބަޔަކީ ރިޒޯޓު މުވައްޒަފުން!

އަނަސްގެ އަނިޔާވެރި މަރަށް 3 އަހަރު، އިންސާފުގެ ކޮޅުމަތިވެސް ނުފެނޭ!

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

Copyright 2020 – Meedhootimes.com | All Rights Reserved
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި
  • ދީން
  • ރިޕޯޓް
  • މުނިފޫހިފިލުވުން