Follow us on
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާސްކު އަޅައިގެން އުޅެން އަންގައިފި
| އިބްރާހިމް ރަފްހާން

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާސްކު އަޅައިގެން އުޅެން އަންގައިފިއެވެ. މިގޮތަށް އެޗް.ޕީ.އޭއިން އަންގާފައިވަނީ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން އަޅާފައިވާ ބައެއް ފިޔަވަޅުތައް ބަދަލުކޮށް އެކަން އިޢުލާން ކުރުމަށް ނެރެފައިވާ ބަޔާނެއްގައެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ބަޔާނުގައި ބުނެފައިވަނީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މީހުންދިރިއުޅޭ ރަށްރަށާއި އެއާޕޯޓު ހިންގާ ރަށްރަށުގައި މާސްކު އަޅައިގެން އުޅުމާއި މާސްކު އަޅައިގެން އުޅުމާއި ބޭރުގައި އެކުވެ އުޅޭއިރު ތިން ފޫޓުގެ ގައިދުރުމިން ބަހައްޓަން ޖޭހެނެކަމަށެވެ. މީގެ އިތުރުން ކަރަންޓީނުގެ މުއްދަތު 10 ދުވަހަށް ކުޑަކުރުމަށް ނިންމާފައިވާކަމަށްވެސް އެ އިޢުލާނުގައި ބުނެފައިވެއެވެ.

އިތުރު ބަދަލެއްގެ ގޮތުން ގެނެސްފައިވާ ބަދަލަކީ ކޮންމެހެން ދޭން ޖެހޭ ހިދުމަތްތައް ދިނުމަށާއި އެކި މަޝްރޫޢުތަކުގެ މަސައްކަތްތައް ހިންގުމަށް ހުއްދަ ލިބިގެން ކުރު މުއްދަތަށް ދަތުރު ކުރާ ފަރާތްތައް 72 ގަޑިއިރު ނުވާ ނެގެޓިވް ޕީ.ސީ.އާރު ނަތީޖާ އަކާއިއެކު ދަތުރުކުރެވޭ ގޮތަށް ގަވާއިދު ބަދަލު ކުރުމެވެ.

ތަފްސީލް އަންނަނީ..

ޚިޔާލު ފާޅުކުރައްވާ