ޚަބަރު ދީން މުޖުތަމަޢު އަޚްލާޤް އަޤީދާ ވާހަކަ
އެއްވަނައަށް އޮޓޯ މެޝިނެއް، ދެވަނައަށް ޓީވީއެއް، ތިންވަނަ އަށް ކޮފީ މެޝިނެއް: ލާމަ ބޮޑު ޕްރޮމޯޝަން ޑިސެމްބަރުގައި!

ރ. މީދޫގައި ހިންގަމުން އަންނަ ލާމަ ފިހާރައިން އަހަރު ނިމުމާއި ދިމާކޮށް ބޮޑު ޕްރޮމޯޝަނެއް ކުރިއަށް ގެންދިޔުމަށް ނިންމައިފިއެވެ.

’ލާމަ ސުޕަރ ޕްރޮމޯޝަން‘ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 1 2020 އިން ފެށިގެން ޑިސެމްބަރު 31 2020 ގެ ނިޔަލަށެވެ. ޕްރޮމޯޝަންގެ އެއްވަނަ އިނާމަކަށް އޮޓޮމެޓިކް ދޮންނަ މެޝިނެއް ދިނުމަށް ހަމަޖެހިފައިވާއިރު ދެވަނަ އިނާމަކަށް 32 އިންޗިގެ ޓީވީއެއް ދިނުމަށް ވަނީ ނިންމާފައެވެ. އަދި ތިން ވަނަ އިނާމަކަށް ޓާކިޝް ކޮފީ މެޝިނެއް ދިނުމަށް ނިންމާފައިވާއިރު އިތުރު 10 ފަރާތަކަށް ހާއްސަ އިނާމެއް ދިނުމަށް ހަމަޖެހިފައިވާކަމަށް ލާމަ ފިހާރައިން މަޢުލޫމާތުދެއެވެ.

ލާމަ ޕްރޮމޯޝަން

ޑިސެމްބަރު މަސްތެރޭގައި ކުރާ 100 ރުފިޔާއިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭގޮތަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނަކީ ލާމަގެ ކަސްޓަމަރުންގެ އަގު ވަޒަންކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހާއްސަ ޕްރޮމޯޝަނެއްކަމަށް އެފިހާރައިން މަޢުލޫމާތުދެއެވެ.

ލާމަ ފިހާރައަކީ ހާޑްވެއަރ ސާމާނާއި ބަދިގެ ސާމާނުގެ އިތުރުންވެސް ގޭތެރޭގައި ބޭނުން ކުރާ އެކި ކަހަލަ ސާމާނު ވިއްކާ ފިހާރައެކެވެ.