2021 ވަނަ އަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން 2021 ވަނަ އަހަރުގެ ޑިސެމްބަރު 31 އާއި ހަމައަށް ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފިއެވެ.
ރ. އަތޮޅު ތަޢުލީމީ މަރުކަޒުން ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިކަމާއި ގުޅޭ މަޢޫލޫމާތު ސާފުކުރުމަށްފަހު އަންދާސީ ހިސާބު ހުށައެޅުމަށް އެދޭކަމަށެވެ. މަޢުލޫމާތު ސާާފުކުރުމަށް ހަމަޖެހިފައިވަނީ 29 ނޮވެމްބަރު 2020 ހެނދުނު 10:00 ގައެވެ. އަދި އަންދާސީ ހިސާބު ހުށައެޅުމަށް ހަމަޖެހިފައިވަނީ 6 ޑިސެމްބަރު 2020 ހެނދުނު 10:00 ގައެވެ.
މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށައަޅާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެކަމަށްވެސް އިޢުލާނުގައި ބުނެފައިވެއެވެ.