ރުޤްޔާ ކުރުމުގެ ނަމުގައި ރ. ދުވާފަރުގައި ޖިންސީ ގޯނާގެ ޢަމަލުތަކެއް ހިންގާފައިވާކަމުގެ އަޑުތަކެއް ފެތުރިފައިވާއިރު އެކަމުގެ ތުހުމަތު ކުރެވޭ މީހުންނަށް ފިޔަވަޅު އެޅުމަށް ގޮވާލާ ދުވާފަރުގައި ހިނގާލުމެއް ބޭއްވުމަށް ނިންމައިފިއެވެ.
މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ ޒުވާނަކު މީދޫ ޓައިމްސްއަށް މަޢުލޫމާތު ދެމުން ބުނީ މި ހިނގާލުމުގެ މަޤުސަދަކީ ހިނގާފައިވާ ކަންތައްތަކާއި ދެކޮޅަށް އަޑު އުފުލާ މުއައްސަސާތަކުން ިހުމާލުވެފައިވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ގޮވާލާ މި ބާވަތުގެ ކަންތައްތަކަށް ރައްޔިތުން ހޭލުންތެރިކުރުވުންކަމަށެވެ. މ ިހިނގާލުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރުއެވެ.
މި މައްސަލަ އެންމެ ފުރަތަމަ މީޑިޔާއަށް ފެންމަތިކޮށްފައިވަނީ އޮންލައިން ނޫސް ’މިހާރު‘ ގައެވެ. އޭގެ ފަހުން މިއަދު ފޭސްބުކްގައިވެސް މި މައްސަލައާއި ގުޅޭ ތަފްސީލްތައް ހިމެނޭ ޕޯސްޓެއް އަންނަނީ ދައުރުވަމުންނެވެ.
ފުލުހުން މިރޭ މަޢުލޫމާތު ދީފައިވާ ގޮތުގައި މި މައްސަލައާއި ގުޅިގެން މިހާތަނަށް 2 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.