Follow us on
ދެވަނައެއް ނުވާ ސަޕޯޓަރުން އަޅުގަނޑާއެކު ތިބުމީ ނުހަނު އުފާކުރާ ކަމެއް: އަޝްފާޤު
| އިބްރާހިމް ރަފްހާން

އޭޝިޔާގެ ފުޓުބޯޅަ މައި އިދާރާ އޭ.އެފް.ސީން ކުރިއަށް ގެންދާ ބްރެކެޓު ޗެލެންޖުގެ ސެމީ ފައިނަލަށް އަލީ އަޝްފާޤު ދަތުރުކުރުމާއި ގުޅިގެން އަލީ އަޝްފާޤު ދިވެހިންނަށް ޝުކުރު އަދާކޮށްފިއެވެ.

އަޗްފާޤުގެ ރަސްމީ ފޭސްބުކް އެކައުންޓު މެދުވެރިކޮށް ބުނެފައިވަނީ ދިވެހި އެންމެހާ ރައްޔިތުން ދެއްވި ވޯޓާއި، ވޯޓު ހޯއްދެއްވުމަށް ކުރެއްވި ބުރަ މަސައްކަތަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވާކަމަށެވެ. އަދި ދެވަނައެއް ނުވާ ސަޕޯޓަރުން އަޝްފާޤާއެކު ތިބުމަކީ ނުހަނު އުފާކުރާކަމެއްކަމަށްވެސް އަޝްފާޤު ބުނެފައިވެއެވެ.

ބްރެކެޓު ޗެލެންޖުގެ ކުއާޓަރ ފައިނަލްގައި އަޝްފާޤު ކުރި ހޯދާފައިވަނީ ވިއެޓްނާމްގެ ކުޅުންތެރިއެއްކަމަށްވާ އެންގުޔެން ވެން ކުއެޓް އާއި ވާދަކޮށްގެންނެވެ. މި ޕޯލްގައި އަލީ އަޝްފާޤަށް 51.45 އިންސަތަ ވޯޓު ލިބިފައިވާއިރު އެންގުޔެން ވެން ކުއެޓްއަށް ލިބިފައިވަނީ 48/55 އިންސައްތަ ވޯޓެވެ.

ޚިޔާލު ފާޅުކުރައްވާ