Follow us on
މަޑުއްވަރީ އަދި މީދޫއަށް ހުޅުވާލައިގެން އެމް.ޕީ އާދަމް ޝަރީފް ނެޓުބޯޅަ މުބާރާތެއް ބާއްވަނީ
| އިބްރާހިމް ރަފްހާން

ރ. މީދޫ އަދި މަޑުއްވަރީގެ ޒުވާނުންނަށް އަމާޒުކޮށްގެން އެމް.ޕީ އާދަމް ޝަރީފް ނެޓުބޯޅަ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

މި މުބާރާތް ބޭއްވުމުގެ އަޒުމަކީ ދެރަށުގެ ޒުވާނުންގެ މެދުގައި އެކުވެރިކަމުގެ ރޫޙު އާލަކޮށް އެއްބައިވަންތަ މުޖުތަމަޢުއެއް ޤާއިމްކޮށް ކުޅިވވަރާއި ކަސްރަތަށް ޒުވާނުން އަހުލުވެރިކުރުވާ ނެޓުބޯޅައަށް ޝައުޤުވެރިވާ ޒުވާނުންނަށް އެފަދަ ފުރުސަތުތައް ހޯދައިދިނުންކަމަށް މުބާރާތް ހިންގާ ފަރާތުން މަޢުލޫމާތުދެއެވެ.

މި މުބާރާތުގައި ޓީމުތައް ރަޖިސްޓްރީ ކުރުމުގެ ފަހު ތާރީޤަކީ 25 ނޮވެމްބަރު 2020 ވަނަ ދުވަހު 22:00 އެވެ. ނެޓުބޯޅަ މުބާރާތުގައިވެސް ރަށުން ބޭރު ރަޖިސްޓްރީއެއް އޮންނަ 1 ކުޅުންތެރިއަކު ޖެހޭގޮތަށް ވަނި ނިންމާފައެވެ. މިއީ ދާއިރާގެ ދެރަށަށް ހުޅުވާލައިގެން ނެޓުބޯޅަ މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ޚިޔާލު ފާޅުކުރައްވާ