Follow us on
ރ. މީދޫ އަދި މަޑުއްވަރީއަށް ހުޅުވާލައިގެން އެމް.ޕީ އާދަމް ޝަރީފް ފުޓްސަލް މުބާރާތެއް ބާއްވަނީ
| އިބްރާހިމް ރަފްހާން

ރ. މީދޫ އަދި މަޑުއްވަރީއަށް ހުޅުވާލައިގެން އެމް.ޕީ އާދަމް ޝަރީފް ފުޓްސަލް މުބާރާތެއް ބާއްވަން ނިންމާ މުބާރާތުގައި ޓީމްތައް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި މުބާރާތަކީ ދާއިރާގެ ދެ ރަށުގެ ޒުވާނުންގެ މެދުގައި އެކުވެރިކަމުގެ ރޫޙު އާލާކޮށް އެއްބައިވަންތަ މުޖުތަމަޢުއެއް ޤާއިމްކޮށް ކުޅިވަރާއި ކަސްރަތަށް ޒުވާނުން އަހުލުވެރިކުރުވާ ފުޓްސަލްއަށް ޝައުޤުވެރިވާ ޒުވާނުންނަށް ހުނަރު ދައްކާލުމުގެ ފުރުސަތު ހޯދައިދިނުމުގެ މަޤުސަދުގައި ބާއްވާ މުބާރާތެކެވެ.

މި މުބާރާތުގައި ޓީމު ރަޖިސްޓްރީ ކުރުމުގެ ސުންގަޑިއަކީ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުގެ 22:00 އެވެ. މުބާރާތުގައި ކުޅޭ ކޮންމެ ޓީމެއްގައިވެސް ރަށުންބޭރު ރަޖިސްޓްރީ އޮންނަ 1 ކުޅުންތެރިއަކު ހިމެނިދާނެކަމަށް މުބާރާތުގެ ހިންގާ ގަވާއިދުގައި ބުނެފައިވެއެވެ. ޔޫތް ކަޕްގެ ނަމުގައި ބާއްވާ މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 2000 ރުފިޔާ ދިނުމަށްވަނީ ނިންމާފައެވެ. މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ރ. މީދޫ ފުޓްސަލް ދަނޑުގައެވެ.

ޚިޔާލު ފާޅުކުރައްވާ