ޚަބަރު ދީން މުޖުތަމަޢު އަޚްލާޤް އަޤީދާ ވާހަކަ
ރ. މީދޫ ކައުންސިލްގެ ވަޠަނީ އިނާމު ދިނުމުގެ ޙަފްލާ ބާއްވައިފި

ޤައުމީ ދުވަހުގެ މުނާސަބަތާއި ދިމާކޮށް ރ. މީދޫ ކައުންސިލުން ވަޠަނީ އިނާމު ދިނުމުގެ ހަފްލާ ރޭ ބާއްވައިފިއެވެ.

އެކި ގޮތްގޮތުން ފާހަގަކޮށްލެވޭ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ހަނދާނީ ފިލާ އެރުވުމަށް ބޭއްވި މި ހަފްލާ ބާއްވާފައިވަނީ ރ. އަތޮޅު ތަޢުލީމި މަރުކަޒުގެ ހޯލްގައެވެ.

މިގޮތުން ރޭގެ ހަފްލާގައިވަނީ ކައުންސިލްގެ ނޫރާނީ ފިލާ، ނޫރާނީ އެވޯޑު، ތައްޚާން އެވޯޑު، ކަލޭފާނު އެވޯޑު، ތަކުރުފާނު އެވޯޑު ލިބިލެއްވި ފަރާތްތަކަށް ހަނދާނީ ލިޔުމާއި ފިލާ ހަވާލުކުރައްވާފައެވެ.

މިއަހަރު ނޫރާނީ ފިލާ ހާޞިލްކޮށްފައިވާ ފަރާތްތަކަކީ ޒަޔާން ހުސައިން ނަސީމީގެ، ޒައިނާ ރަޝީދު މާފަހި، ޝަދާ މުޙައްމަދު ރަމީޒު ދަނބުގެ، މުހައްމަދު ޔައީޝް މެހުރާ، ޒިންދު އަބްދުލް ވާޙިދު އެވަރބްލޫ، ލީޒާ އަޙްމަދު ފެންފިޔާޒުގެ، އަސްމާ އިބްރާހިމް އުޑުވިލާގެ، ފިރާޤު އަލީ ޕިންކްހައުސް، މޫސާ އިބްރާހިމް މަލަ، ޝާމާ ސަޢީދު ސީނު، މަރްޔަމް ސުހާ ލައިލަކްވިޔު، އައިމިނަތު ރީޝާ ޠާއިފް، މަޢުރޫފް އަފީފް ބަހާރުގެއެވެ.

ރޭގެ ހަފްލާގެ ތެރެއިން | ފޮޓޯ: ރ. މީދޫ ކައުންސިލް

ރޭގެ ޙަފްލާގައި ނޫރާނީ އެވޯޑު ހާސިލްކުރައްވާފައިވަނީ ރ. މީދޫގެ ފަޚުރުވެރި ޑޮކްޓަރ އައިމިނަތު ނަޖުދާ، ޝާހިލްއެވެ. މިހާރު އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ޑރ. ނަޖުދާވަނީ 2019 ވަނަ އަހަރު ރައީސުލްޖުމުހޫރިއްޔާ ދެއްވާ ހާއްސަ އިނާމުވެސް ހާސިލް ކުރައްވާފައެވެ.

ކައުންސިލުން އަރުވާ ތައްޚާން އެވޯޑު ރޭގެ ހަފްލާގައި ހާސިލްކުރައްވާފައިވަނީ އަބްދުއްރަޝީދު ޢަލީ، ހުވަނދުމާގެއެވެ. އަބްދުއްރަޝީދު ޢަލީއަކީ ރ. މީދޫގައި ވަޑާމުގެ މަސައްކަތުން ފާހަގަކޮށްލެވޭ ފަދަ ބޭފުޅެކެވެ. ކައުންސިލުން އަރުވާ ކަލޭފާނު އެވޯޑު 3 ބޭފުޅަކު ހާސިލްކުރައްވާފައިވެއެވެ. އެއީ ފާތިމަތު ސަޢީދާ ހިއްމިޔާ، މުޙައްމަދު ޒަކީ ފެހިގެ އަދި މޫސާ އަޙްމަދު ހިންމިޔާއެވެ. މި ތިން ބޭފުޅުންނަކީވެސް އެކި ގޮތްގޮތުން ގިނަ ދުވަސްތަކެއްވަނދެން ރަށަށް ހިދުމަތްކުރައްވާފައިވާ ބޭފުޅުންތަކެކެވެ.

ރޭގެ ހާއްސަ ހަފްލާގައި ތަކުރުފާނު އެވޯޑު ހާސިލްކުރައްވާފައިވާ ބޭފުޅުންނަކީ ގިނަ މުއްދަތަކަށް ރަށުގެ ކުޑަކަތީބު ކަމާއި ކަތީބުކަން ކުރައްވާފައިވާ ޢީސާ ހުސައިން ކަލޭފާނު އަދި ރަށުގެ މުދިމެއްގެ ގޮތުންނާއި ކުޑަކަތީބެއްގެ ގޮތުގައި 25 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ ހުސައިން އަޙްމަދުއެވެ.

ރޭގެ ހަފްލާގެ ތެރެއިން | ފޮޓޯ: ރ. މީދޫ ކައުންސިލް އިދާރާ

ވަޠަނީި ޢިނާމު ދިނުމުގެ ހަފްލާއަކި އެކ ިފަރާތްތަކުގެ އަގުވަޒަން ކުުރުމުގެ ގޮތުން ކައުންސިލުން ފެއްޓެވި މުހިއްމު ކަމެއްކަން ފާހަގަކޮށްލެވެއެވެ.