ޚަބަރު ދީން މުޖުތަމަޢު އަޚްލާޤް އަޤީދާ ވާހަކަ
ކޮސްމެޓިކްސް ސާމާނު ހަމަކޮށްލަން އެޑްކެއަރ އަށް ޒިޔާރަތްކުރައްވާ، މިރޭ ޑިސްކައުންޓް ލިބޭނެ!

ގިނަ ވައްތަރުތަކުގެ ކޮސްމެޓިކްސް ސާމާނާއެކު އެޑްކެއަރ ފިހާރާ ރ. މީދޫގައި ހުޅުވައިފިއެވެ.

އެ ފިހާރަ ހުޅުވާފައިވަނީ މިއަދު ހަވީރު 4:30 ގައި ކުޑަ ބައްދަލުވުމަކާއިއެކުއެވެ. ފިހާރާ ހުޅުއްވައިދެއްވީ ރ. ކިނޮޅަހު ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ވަސީމްއެވެ. އެޑްކެއަރ ފިހާރަ ހުޅުވުމާއި ގުޅުވައިގެން މިރޭ 11 ޖެހުމާއި ހަމައަށް އެ ފިހާރައިން ކުރާ ވިޔަފާރިތަކުން 5 ޕަސެންޓުގެ ޑިސްކައުންޓް ދިނުމަށް ހަމަޖެހިފައިވާކަމަށް އެޑްކެއަރ ފިހާރައިން މަޢުލޫމާތުދެއެވެ.

އެޑްކެއަރ ފިހާރަ ހުޅުވުން | ފޮޓޯ: އެޑްކެއަރ

އެޑްކެއަރ ފިހާރައިން ލިބެން ހުންނަ ބައެއް ވައްތަރުތަކަށް ބަލާލާއިރު ލޯޝަން، ޝޭމްޕޫ، ސެންޓް، ބޮޑީ ސްްޕްރޭ، ކުޑަކުދިންގެ ނެޕީ، ކުޑަކުންދިން ރީތިވުމަށް ބޭނުން ކުރާ ސާމާނުގެ އިތުރުން މޭކްއަޕް ކުރުމަށް ބޭނުންކުރާ ސާމާނުވެސް މި ފިހާރައިން ލިބެން ހުންނަކަން ފާހަގަކޮށްލެވެއެވެ. އެޑްކެއަރ ފިހާރައިގެ އަމާޒަކީ ކަސްޓަމަރުންނަށް އަގުހެޔޮކޮށް އެއްތާކުން ފަސޭހަކަމާއެކު ކޮސްމެޓިކްސްގެ ބާވަތްތައް ލިބޭނެ ގޮތް ހަދައިދިނުންކަމަށް އެ ފިހާރައިން މަޢުލޫމާތުދެއެވެ.