Follow us on
އެކިވައްތަރުގެ ކޮސްމެޓިކްސް އެއްތަނަކުން، އެޑްކެއަރ ފިހާރަ މާދަމާ ހުޅުވަނީ
| އިބްރާހިމް ރަފްހާން

ގިނަ ވައްތަރުތަކެއްގެ ކޮސްމެޓިކްސް ސާމާނާއެކު އެޑްކެއަރ ފިހާރަ މާދަމާ ހަވީރު 4:30 ގައި ހުޅުވަން ނިންމައިފިއެވެ.

ކޮސްމެޓިކްސްއަށް ބޮޑަށް އިސްކަންދީގެން ރ. މީދޫގައި އަލަށް ހުޅުވާ މި ފިހާރައިގައި އެކި ވައްތަރުތަކުގެ ސެންޓު، ބޮޑީ ސްޕްރޭ، ލޯޝަން، ޝޭމްޕޫ، ބޮލުގަ ލާ ތެޔޮ ފަދަ ބާވަތްތައް ލިބެން ހުންނާނެކަމަށް އެ ފިހާރައިގެ ފަރާތުން މަޢުލޫމާތުދެއެވެ.

ރ. މީދޫ ސިއްޙީ މަރުކަޒުގެ ކުރިމަތީގައި ހުޅުވާ މި ފިހާރައިން ކުޑަކުދިންގެ ނެޕީއާއި ކުޑަކުދިން ރީތިވުމަށް ބޭނުންކުރާ އެކި ވައްތަރުތަކުގެ ސާމާނުވެސް ލިބެން ހުންނާނެއެވެ. މި ފިހާރައިން މީދޫގެ ރައްޔިތުންނަށް އެއްތަނަކުން ކޮސްމެޓިކްސްގެ ހުރިހާ ސާމާނެއް ބައްލަވައިގަތުމުގެ ލުއިފަސޭހަކަން ލިބިގެންދާނެކަމަށްވެސް އެ ފިހާރައިން މަޢުލޫމާތުދެއެވެ.

މި ފިހާރަ ހުޅުވާ ކަސްޓަމަރުންނަށް ހަދިޔާއެއްގެ ގޮތުން މާދަމާ ރޭ 11 ޖެހުމާއި ހަމައަށް ކުރާ ހުރިހާ ވިޔަފާރިއަކުން 5 ޕަސެންޓުގެ ޑިސްކައުންޓު ދިނުމަށްވެސް އެޑްކެއަރ އިންވަނީ ނިންމާފައެވެ. ގަންނަން ބޭނުންވާ ކޮސްމެޓިކްސް ސާމާނު ހަމަކޮށްލުމަށް މާދަމާ އެޑްކެއަރ އަށް ޒިޔާރަތްކޮށްލަން ރަނގަޅުވާނެ!.

ޚިޔާލު ފާޅުކުރައްވާ