ރ. މީދޫގައި ސަރުކާރުން ޤާއިމްކުރާ އައުޓްޑޯ ޖިމްގެ މަސައްކަތް ކުރުމަށް ސިނާން ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.
ރ. މީދޫ ހިމެނޭހެން 32 ރަށެއްގައި ޖިމް ހެދުމަށް ބޭނުންވާ ސާމާނު ރަށްރަށަށް ގެންގޮސް އިންސްޓޯލް ކުރުމުގެ މަސައްކަތް އެ ކުންފުންޏާއި ވަނީ ހަވާލުކޮށްފައެވެ. މި 32 ރަށުގެ ތެރޭގައި ރ. އަތޮޅުގެ 8 ރަށެއް ހިމެނޭކަން ފާހަގަކޮށްލެވެއެވެ.
އެ ކުންފުންޏާއި މަސައްކަތް ހާވަލުކޮށްފައިވަނީ އެއްބަސްވުމުގައި ސޮއިކުރާތާ 14 ދުވަހުގެ ތެރޭގައި މަސައްކަތް ފަށާ ގޮތަށެވެ. އަދި 56 ދުވަސް ތެރޭގައި މަސައްކަތް އެއްކޮށް ނިންމަން ޖެހޭ ގޮތަށެވެ. 32 ރަށުގައި ޖިމް އިންސްޓޯލް ކުރުމަށް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 4،101،134.17 ރުފިޔާއަށެވެ. މި ޖިމްތަކަކީ އިންޑިޔާ ސަރުކާރުގެ ހިލޭ އެހީގައި ތަރައްޤީ ކުރާ ޖިމްތަކެއްކަން ފާހަގަކޮށްލެވެއެވެ.
ރ. މީދޫގައި އައުޓްޑޯ ޖިމް ޤާއިމް ކުރުމަށް ހަމަޖެހިފައިވަނީ އަންހެނުންގެ އިޖުތިމާޢީ މަރުކަޒާއިން އިންވެގެން އޮންނަ ހުސްބިމުގައެވެ.