ޚަބަރު ދީން މުޖުތަމަޢު އަޚްލާޤް އަޤީދާ ވާހަކަ
އުއްމީދު ސްޕޯޓްސް އެކަޑަމީއާއި ބެހޭ މަޢުލޫމާތު ހިއްސާ ކުރުމަށް ބެލެނިވެރިންގެ ބައްދަލުވުމެއް މިއަދު ހަވީރު!

އުއްމީދުން މުޅިން އަލަށް ފަށާ ’އުއްމީދު ސްޕޯޓްސް އެކަޑަމީ‘ އާއި ގުޅޭ ގޮތުން ބެލެނިވެރިންނަށް މަޢުލޫމާތު ދިނުމަށް ހާއްސަ ބައްދަލުވުމެއް މިއަދު ހަވީރު ބޭއްވުމަށް ނިންމައިފިއެވެ.

މި ބައްދަލުވުމުގައި އުއްމީދު ސްޕޯޓްސް އެކަޑަމީ ކުރިއަށްދާނެ ގޮތާއި އެކަޑަމީގެ ސަބަބުން ދަރިވަރުންނަށް ލިބިގެންދާނެ ފައިދާތަކާއި އެކަޑަމީއާއި ގުޅޭ އިތުރު މަޢުލޫމާތު ހިއްސާ ކުރުމަށްވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:30 ގައި މީދޫ އެކުވެރި ކުލަބުގެ ހޯލްގައެވެ.

ރ. މީދޫގައި އަލަށް ފަށާ ސްޕޯޓްސް އެކަޑަމީ ހާއްސަކޮށްފައިވަނީ 16 އަހަރުން ދަށުގެ ކުދިންނަށެވެ. އެގޮތުން 16 އަހަރުން ދަށޫގެ ކުދިން 4 ކެޓަގެރީއަކަށް ބަހާލާފައިވާއިރު އެކަޑަމީގައި ޖުމްލަ 7 ކުޅިވަރެއް ކުރިއަށް ގެންދިއުމަށްވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފުޓުބޯޅަ، ނެޓުބޯޅަ، ފުޓްސަލް، ހޭންޑްބޯލް، ވޮލީބޯޅަ، ބެޑްމިންޓަން އަދި ފިޒިކަލް އެޑިއުކޭޝަންއެވެ.