Follow us on
މަޑުއްވަރީ ޕޮލިސް ސްޓޭޝަނުން މަޑުއްވަރީގައި ޤުރުއާން މުބާރާތެއް ބާއްވަނީ
| އިބްރާހިމް ރަފްހާން

ރ. މަޑުއްވަރީ ޕޮލިސްގެ ފަރާތުން އެރަށުގައި ޤުރުއާން މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ.

މަޑުއްވަރީ ރައްޔިތުންގެ ހިތްތަކުގައި ޤުރުއާނަށް ލޯބި އިތުރު ކުރުމަށާއި ޤުރުއާން ކިޔެވުމުގެ ހަމަތައް ކުރިއެރުވުމުގެ މަޤުސަދުގައި މަޑުއްވަރީ ޕޮލިސް ސްޓޭޝަނުން ބާއްވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި މުބާރާތް ބާއްވަނީ ހުރިހާ އުމުރުފުރާއެއްގެ މީހުންނަށްވެސް ބައިވެރިވެވޭގޮތަށެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު މަޑުއްވަރީ ޕޮލިސް ސްޓޭޝަނުން ދޫކުރަން ފަށާފައިވާއިރު މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހެވެ. މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 27 އަދި 28 ގައެވެ.

ޚިޔާލު ފާޅުކުރައްވާ