ޚަބަރު ދީން މުޖުތަމަޢު އަޚްލާޤް އަޤީދާ ވާހަކަ
ޝައިޚް އަޙްމަދު ސަމީރުގެ ވީޑިއޯ ދަރުހެއް މިރޭ ބަނދަރު ސަރަހައްދުގައި

މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހިމްގެ ވީޑިއޯ ދަރުހެއް މިރޭ ރ. މީދޫ ބަނދަރު ސަރަހައްދުގައި އެޅުވުމަށްވަނީ ހަމަޖެހިފައެވެ.

އުއްމީދުން އިސްނަގައިގެން އެޅުވުމަށް ހަމަޖެހިފައިވާ މި ދަރުސްގެ މަޢުޟޫއުއަކީ ’ޣާފިލުކަމުން ހޭލަމާ’އެވެ.

ދަރުސް އެޅުވުމަށް ހަމަޖެހިފައިވަނީ މިރޭ 20:30 ގައެވެ. މި ދަރުސްގައި ވީހާވެސް ގިނަ ބޭފުޅުން ބައިވެރިވެލެއްވުމަކީ އުއްމީދުގެ ވަރަށް ބޮޑު އެދުމެކެވެ.