Follow us on
މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދިފާޢުގައި ޢިލްމުވެރިންގެ ގުޅުމުން ތިން ބަހުން ބަޔާން ނެރެފި
| އިބްރާހިމް ރަފްހާން

މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޢިއްޒަތާއި ކަރާމަތަށާއި އަބުރުފުޅަށް އަރައިގަތުމަށް ހިންގަމުންދާ ޖަރީމާތައް ކުށްވެރިކޮށް ޢިލްމުވެރިންގެ ގުޅުމުން ދިވެހި ބަހުންނާއި އިނގިރޭސި ބަހުން އަދި ޢަރަބި ބަހުން ބަޔާން ނެރެފިއެވެ.

ޢިލްމުވެރިންގެ ގުޅުމުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޢިއްޒަތާއި އަބުރަށް އަރައިގަތުމަށް ކާޓޫނު ކުރެހި ކުރެހުން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށާއި މުޅި އިންސާނީ ނަސްލުވެސް ނުދެކޭ، އަދި އެފަދަ މަތިވެރި ޝަޙްސިއްޔަތެއްވެސް ދުވަހަކުވެސް ނުދެއްކޭނެ، މަތިވެރި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އިއްޒަތާއި ކަރާމާތަށް އަރައިގަންނަން އުޅުމަކީ އެއްވެސް ޙާލެއްގައި ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ.

މީގެ އިތުރުން އެފަދަ ޙަމަލައަކުން އެކަލޭގެފާނު ދިފާޢުކޮށް ޙިމާޔަތް ކުރުމަށްޓަކައި ހަށިފޮޅާލައި، ޖާނާއި މާލުން ޤުރުބާންވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށްވެސް ވާޖިބެއްކަމަށް ޢިލްމުވެރިންގެ ގުޅުމުގެ ބަޔާނުގައި ބުނެފައިވެއެވެ. ހަމައެއާއެކު މާތް ނަބިއްޔާ މުޙައްމަދު މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ނަޞްރު ދިނުމަށް އަވަސްވެގަތުމަށް ދިވެހި ހުރިހާ ރައްޔިތުންނަށް ޢިލްމުވެރިންގެ ގުޅުމުން ވަނީ ގޮވާލާފައެވެ.

ބަޔާން ނިންމާލަމުން ޢިލްމުވެރިންގެ ގުޅުމުންވަނީ ފްރާންސްއިން އެ ޢަމަލަށް ހިތްވަރުދީ ވާހަކަދައްކާފައިވާތީ ފްރާންސްގެ އުފެއްދުންތައް ބޮއިކޮޓްކުރުމަށް ގޮވާލާ ގޮވާލުންތަކަށް އިޖާބަދީ އެބައިމީހުންގެ އަނިޔާވެރި ބަސްތައް އަނބުރާ ގެންގޮސް އިސްލާމްދީނަށް ފުރައްސާރަކުރުމުގެ ޢަމަލެއް ދެން ނުކުރާނެ މިންވަރަށް އެފަދަ ނުބައި ދަޢުލަތްތައް ކުޑަކަކޫ މައްޗަށް ތިރިކުރުމަށް އެހީތެރިކަން ދިނުމަށްވެސް ގޮވާލާފައެވެ.

ޚިޔާލު ފާޅުކުރައްވާ