Girl in a jacket
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި
  • ދީން
  • ރިޕޯޓް
  • މުނިފޫހިފިލުވުން
25 ފެބްރުއަރީ 2021, ބުރާސްފަތި
Girl in a jacket

ފަހުގެ ލިޔުންތައް

އާރަށް ރިޒޯޓުގެ މުވައްޒަފެއް ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ

އާރަށް ރިޒޯޓުން އިތުރު ތިން މުވައްޒަފަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ

އާރަށް ރިޒޯޓުގެ މުވައްޒަފެއް ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ

އާރަށް ރިޒޯޓުގެ މުވައްޒަފެއް ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ

24 ޖެނުއަރީ 2021
ޖޯލި މޯލްޑިވްސްގައި ވަޒީފާގެ ފުރުސަތުތަކެއް!

ޖޯލި މޯލްޑިވްސްގައި ވަޒީފާގެ ފުރުސަތުތަކެއް!

ފޮޓޯއިން: ރ. މީދޫ ޓާރފް ދަނޑުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް!

ފޮޓޯއިން: ރ. މީދޫ ޓާރފް ދަނޑުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް!

ރ. ރަސްމާދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑަށް ފައްސިވެއްޖެ

ސްކޫލް ކިޔެވުން ފެށޭ ގަޑިއާއި ނިމޭ ގަޑީގައި ރ. މީދޫގެ ބައެއް މަގުތައް ބަންދުކުރަނީ

ގިނަ ދުވަސްތަކަކަށްފަހު ޖަމްޢިއްޔަތުއް ސަލަފްގެ މިސްކިތު ދަރުސްތައް ފަށައިފި

ގިނަ ދުވަސްތަކަކަށްފަހު ޖަމްޢިއްޔަތުއް ސަލަފްގެ މިސްކިތު ދަރުސްތައް ފަށައިފި

ދީން

އަނބި ދަރިންނާއި ފައިސާއަށްވުރެ ބޮޑަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެކެ ލޯބިވާންޖެހޭ

އިބްރާހިމް ރަފްހާންއިބްރާހިމް ރަފްހާން

ލިޔުނީ: އައްޝައިޚް މުޙައްމަދު ޝާފިއު ބިން އަބްދުލްޣަފޫރު/ ދިސަލަފިއްޔާ

މާތް ﷲގެ ލޯބި، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އަހަރެމެން ތަބަޢަވެގެން ނޫނީ އަހަރެމެންނަށް ނުލިބޭނެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(قُلْ إِنْ كُنْتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَاللهُ غَفُورٌ رَحِيمٌ)[1]

މިއާޔަތުގެ މާނައީ : “ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންނީ ﷲދެކެ ލޯބިވާ ބަޔަކު ކަމުގައި ވަނީނަމަ ތިމަންކަލޭގެފާނަށް ތަބަޢަވާށެވެ! އެއިރުން ﷲ ތަޢާލާ ތިޔަބައި މީހުންދެކެ ލޯބިވެ ވޮޑިގަންނަވާނެއެވެ. އަދި ތިޔަބައިމީހުންގެ ފާފަތައް ތިޔަބައިމީހުންނަށް ފުއްސަވައި ދެއްވަވާނެއެވެ. އަދި ﷲއީ ގިނަގިނައިން ފާފަފުއްސަވާ އޯގާވަންތަ ރަސްކަލާނގެއެވެ.”

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

((ثَلاَثٌ مَنْ كُنَّ فِيهِ وَجَدَ بِهِنَّ حَلاَوَةَ الإِيْمَانِ: مَنْ كَانَ اللهُ وَرَسُولُهُ أَحَبَّ إِلَيْهِ مِمَّا سِوَاهُمَا، وَأَنْ يُحِبَّ المَرْءُ لاَ يُحِبُّهُ إِلاَّ  للهِ، وَأَنْ يَكْرَهَ أَنْ يَعُودَ فِي الْكُفْرِ بَعْدَ أَنْ أَنْقَذَهُ اللهُ مِنْهُ كَمَا يَكْرَهُ أَنْ يُقْذَفَ فِي النَّارِ)) [2].

މާނައީ “މީހެއްގެ ކިބައިގައި ތިން ކަމެއް ހުރެއްޖެއްޔާ އީމާންކަމުގެ ފޮނިކަން އޭނާއަށް ލިބޭނެއެވެ. އެއީ އެހެން ފަރާތަކަށްވުރެ ބޮޑަށް އޭނާ ލޯބިވަނީ ﷲ އާއި އެކަލާނގެ ރަސޫލާއަށް ކަމުގައި ވުމާއި، އަދި އޭނާ މީހަކު ދެކެ ލޯބިވާ ކަމުގައި ވަނީ ނަމަ ﷲ އަށްޓަކައި މެނުވީ ލޯބި ނުވުމާއި، އަދި އަލިފާންގަނޑަކަށް ފުއްމާލުމަށް ނުރުހޭ ފަދައިން، ﷲ ތިމާ ކާފިރުކަމުން ސަލާމަތްކުރެއްވުމަށްފަހު، އަލުން އަނބުރާ ކާފިރުކަމާ ދިމާއަށް ދިޔުމަށް ނުރުހުންވެގެންވުމެވެ.”

އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

((لاَ يُؤْمِنُ أَحَدُكُمْ حَتَّى أَكُونَ أَحَبَّ إِلَيْهِ مِنْ أَهْلِهِ وَماَلِهِ وَالنَّاسِ أَجْمَعِينَ))[3].  

މާނައީ: “އޭނާގެ އަނބިދަރިންނާއި މުދާފައިސާ އަދި އެންމެހާ މީސްތަކުންނަށްވުރެވެސް ބޮޑަށް ތިމަންކަލޭގެފާނަށް ލޯބިކޮށްފުމަށް ދާންދެން ތިޔަބައިމީހުންގެ ތެރެއިން އެއްވެސް މީހެއްގެ އީމާންކަން ފުރިހަމަ ނުވާހުއްޓެވެ.”

މި ޙަދީޘް އެހެން ލަފުޒަކުން އައިސްފައިވަނީ مِنْ وَلِدِهِ، وَوَالِدِهِ، وَالنَّاسِ أَجْمَعِيْنَ މާނައަކީ: “އޭނާގެ ދަރިންނާއި މައިންބަފައިންނާއި އެންމެހާ މީސްތަކުންނަށްވުރެވެސް” މި ގޮތަށެވެ.

ޢައްބާސް ބިން ޢަބްދިލް މުއްޠަލިބުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިހެން ޙަދީޘްކުރައްވަނިކޮށް ހަމަކަށަވަރުން އެކަލޭގެފާނު އަޑުއެއްސެވިއެވެ.

((ذَاقَ طَعْمَ الإِيمَانِ مَنْ رَضِىَ بِاللهِ رَبًّا وَبِالإِسْلاَمِ دِينًا وَبِمُحَمَّدٍ رَسُولاً)).[4].

މާނައީ: ‘ﷲ އެއީ އެމީހެއްގެ ރައްބުކަމުގައި، އިސްލާމްއެއީ ދީންކަމުގައި، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އެއީ ރަސޫލާކަމުގައި، ރުހިއްޖެ މީހަކު، އީމާންކަމުގެ ރަހަ ލިބިގެންފިއެވެ.’

___________________________

[1]  سورة آل عمران، الآية: 31.

[2]  البخاري برقم 21، ومسلم برقم 43 من حديث النبي ^.

[3]  البخاري برقم 15، ومسلم برقم 44 عن أنس t.

[4]  مسلم، برقم 34.

*******************

ޙަވާލާ:

1- وجوب محبة النبي  ونصرته وحكم من سبه، وعموم رسالته – سعيد بن علي بن وهف القحطاني

2- محبة النبي صلى الله عليه وسلم وتعظيمه- عبد الله بن صالح الخضيري

3- محمد الرسول الله بين الاتباع والابتداع -عبد الرؤوف محمد عثمان

4- الشفا بتعريف حقوق المصطفى صلى الله عليه وسلم  – عياض بن موسى بن عياض اليحصبي أبو الفضل

ގުޅުންހުރި ލިޔުންތައް

ހެޔޮލަފާ ރަނގަޅު ޖީލެއް ބިނާކުރުމަށްޓަކައި، އިސްލާމީ ތަރުބިއްޔަތަކުން ދަރިން ތަރުބިއްޔަތުކުރަމާތޯއެވެ.

ހެޔޮލަފާ ރަނގަޅު ޖީލެއް ބިނާކުރުމަށްޓަކައި، އިސްލާމީ ތަރުބިއްޔަތަކުން ދަރިން ތަރުބިއްޔަތުކުރަމާތޯއެވެ.

ލާދީނީ ނޫން ވެއްޖިއްޔާ ޝަރީޢަތުގެ ޙުކުމްތަކަށް އިންކާރު ކުރަނީ ކީއްވެހެއްޔެވެ؟

ލާދީނީ ނޫން ވެއްޖިއްޔާ ޝަރީޢަތުގެ ޙުކުމްތަކަށް އިންކާރު ކުރަނީ ކީއްވެހެއްޔެވެ؟

ކީރިތި ޤުރުއާން ހިތު ދަސްކުރުމަށް އެންމެ ރަނގަޅު ގޮތް 1

ކީރިތި ޤުރުއާން ހިތު ދަސްކުރުމަށް އެންމެ ރަނގަޅު ގޮތް 3

ކީރިތި ޤުރުއާން ހިތު ދަސްކުރުމަށް އެންމެ ރަނގަޅު ގޮތް 1

ކީރިތި ޤުރުއާން ހިތު ދަސްކުރުމަށް އެންމެ ރަނގަޅު ގޮތް 2

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

Copyright 2020 – Meedhootimes.com | All Rights Reserved
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި
  • ދީން
  • ރިޕޯޓް
  • މުނިފޫހިފިލުވުން