ރ. އަތޮޅު ޓީޗާރސް ރިސޯސަސް ސެންޓަރުން އިސްނަގައިގެން ރ. އަތޮޅުގެ ސްކޫލްތަކާއި ގުޅިގެން ކުރިއަށް ގެންދާ ”ފަނާރު“ ޕްރޮގުރާމުގެ ހާއްސަ އެޕިސޯޑެއް މިރޭ ރ. ޓީއާރުސީ ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.
ރ. އަތޮޅު ތަޢުލީމީ މަރުކަޒާއި ރ. ކިނޮޅަސް ސްކޫލް ގުޅިގެން ތައްޔާރުކޮށްފައިވާ މި އެޕިސޯޑަކީ ’ދަރިވަރުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން – ބެލެނިވެރިންގެ ދައުރު‘ މި މަޢުޟޫއުއަށް ތައްޔާރުކޮށްފައިވާ އެޕިސޯޑެކެވެ.
ބެލެނިވެރިންގެ ހޭލުންތެރިކަން އިތުރު ކުރުމަށް ޓީއާރުސީ ފަށާފައިވާ މި ޕްރޮގުރާމްގައި މިދިޔަ މަހު ގެނެސްދީފައިވަނީ ރ. އަތޮޅު ސްކޫލާއި ދުވާފަރު ޕްރައިމަރީ ސްކޫލް ގުޅިގެން ތައްޔާރުކޮށްފައިވާ އެޕިސޯޑެކެވެ.
މިރޭގެ މި ހާއްސަ އެޕިސޯޑު ފޭސްބުކް ލައިވް ކުރުމަށް ހަމަޖެހިފައިވަނީ 20:30 ގައެވެ.