މިރޭ ފެށުމަށް ހަމަޖެހިފައިވާ މީދޫ ފުޓްސަލް ފޯރި 2020 ގެ ފިރިހެން ޑިވިޜަންގެ ހުރިހާ މެޗެއް މީދޫ ޓައިމްސްގެ ފޭސްބުކް ޕޭޖުން ލައިވް ކުރާގޮތަށް ހަމަޖެހިއްޖެއެވެ.
ޖުމްލަ 6 ޓީމު ބައިވެރިވެފައިވާ މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 21:30 ގައެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ވައްބުރު އެފް.ސީ އަދި ވާނުވާ އެފް.ސީއެވެ. ދެވަނަ މެޗުގައި 22:30 ގައި ބައްދަލުކުރާނީ ހަވާސް ސްޕޯޓްސް ކުލަބް އަދި ގާގަނޑު އެފް.ސީއެވެ. ދެން މި މުބާރާތުގައި ވާދަކުރަނީ ތަންގަނޑު އެފް.ސީ އަދި ޓީމް އެޕަލް އެވެ.

މި މުބާރާތުގެ އަންހެން ޑިވިޜަންގައި ތިން ޓީމަކުން ބައިވެރިވެފައިވާއިރު އަންހެން ޑިވިޜަންގެ މެޗުތައް މިރޭ 20:30 ގައި ފަށާނެއެވެ. އަންހެން ޑިވިޜަންގައި ބައިވެރިވެފައިވަނީ އެމިގޯސް، ޕަޕލިއަންސް އަދި ޑެއިޒީއެވެ.