Follow us on
މީދޫ ޓާރފް ދަނޑުގެ ސަބް ބޭސް ހެދުމަށް ސަރވޭ ފަށައިފި
| އިބްރާހިމް ރަފްހާން

ރ. މީދޫގައި ތަރައްޤީ ކުރާ ޓާރފް ފުޓުބޯޅަ ދަނޑުގެ ސަބް ބޭސް ހެދުމަށް ބޭނުންވާ ސާވޭ ހެދުމުގެ މަސައްކަތް ފަށައިފިއެވެ.

ސަބް ބޭސް ހެދުމަށް ހަވާލުކޮށްފައިވާ ރޯޑް ޑިވެލޮޕްމެންޓް ކޯރޕަރޭޝަން، އާރު.ޑީ.ސީގެ 5 މެމްބަރުންގެ ސާރވޭ ޓީމަކުން މި މަސައްކަތް ފަށާފައިވަނީ މިއަދުއެވެ. މިއަަހަރުގެ މާރިޗު މަސް ތެރޭގައި އާރު.ޑީ.ސީއާއި ހަވާލުކުރި މި މަސައްކަތް ނުފެށި ލަސްވެފައިވަނީ ކޯވިޑާއި ގުޅިގެން ޕީ.އެސް.އައި.ޕީގެ މަޝްރޫޢުތައް ވަގުތީގޮތުން މެދުކަނޑާލުމަށް ފިނޭންސް މިނިސްޓްރީން ނިންމުމުންނެވެ.

މި މަސައްކަތް ފަށައިގެން ކުރިއަށް ގެންދިއުމަށް މިހާރު ފިނޭންސް މިނިސްޓްރީންނާއި ޔޫތް މިނިސްޓްރީންވެސް ވަނީ ހުއްދަ ދީފައެވެ. މަޢުލޫމާތު ލިބޭ ގޮތުގައި ދަނޑުގެ ސަބް ބޭސް މަސައްކަތް ރަސްމީކޮށް ފެށުމަށް އާރު.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރު މޫސާ އަލީ މަނިކު އަދި ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެެއް މި މަސްތެރޭގައި މީދޫއަށް ވަައިގަންނަވާނެއެވެ.

މީދޫގައި ތަރައްޤީ ކުރާ ޓާރފް ދަނޑު ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ 2 ނަމްބަރު ދަނޑުގެ ގޮތުގައި މިހާރު ބޭނުން ކުރަމުން އަންނަ ދަނޑުގައެވެ. މި މަޝްރޫޢުއަކީ ދަޢުލަތުގެ ބަޖެޓުން 6 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.

ޚިޔާލު ފާޅުކުރައްވާ